17 May 2014, 15:31
ވިލިމާލޭގައި ހުރި ހަޓްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ވިލިމާލޭގައި ގަވާއިދާ ޚިލާފަށް ހަދާފައި ހުރި ހަޓުތައް ނެގުމުގެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. ފުލުހުން ބުނީ މީގެ ކުރިން ވެސް ގަވާއިދާ ޚިލާފަށް ހަދާފައި ހުރި އެފަދަ ހަޓްތައް ރޫޅާލާފައިވާނެ ކަމަށެވެ.
އެގޮތުން މިއަދު ފުލުހުން ކުރަން ފެށި މަސައްކަތަށް ހުރަސްއަޅައި ނުކިޔަމަންތެރިވި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިއަދު ރޫޅާލާފައި ވަނީ އެންމެ ހަޓެއްކަމަށް ފުލުހުން ބުނެ އެވެ.