17 May 2014, 10:36
ނުވަ މީހުންނާއެކު މަސްވެރި ކަމަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ދޯންޏާއި ގުޅިއްޖެ އެވެ.
ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުންދިޔަ "ޝަބްނަމް" ދޯންޏާއި ގުޅިފައިވަނީ ރޭ 9:50 ހާއިރު، ސެޓަލައިޓް ފޯނުން ކަމަށް އެ ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އަދި ދޯނީގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް ދޯނީގެ ވެރިފަރާތުން މައުލޫމާތުދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ޝަބްނަމް ދޯނި ހޯދަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އދ. މާމިގިލީ ކައިރިން ހަބަރެއްވުމަށްފަހު، ދޯންޏާއި ނުގުޅި ގިނަ ދުވަސްތަކެއް ވުމުންނެވެ.