17 May 2014, 10:19
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްގެންދާ ތިން ވަނަ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.
އިއްޔެ ކުޅުނު މެޗުން ރާއްޖެ ބަލިވީ 92 ޕޮއިންޓް 75 ޕޮއިންޓުންނެވެ.
މުބާރާތުގައި ރައްޖެއަށް ބާކީ އެއް މެޗް ކުޅެން އޮތް އިރު، މުމުބާރާތް ކާމިޔާބު ކުރުމަށް ރާއްޖެ އަށް މިހާރު ވަނީ މުޅިން ފުރުޞަތު ގެއްލިފަ އެވެ.
މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެފައި ވަނީ 108 ޕޮއިންޓް 89 ޕޮއިންޓުންނެވެ. ދެ ވަނަ މެޗުން ރާއްޖެ ބަލިވެފައި ވަނީ ބަނގުލަދޭޝްއާ ވާދަކޮށް ދެ ޕޮއިންޓުގެ ތަފާތުންނެވެ. އެއީ 76 ޕޮއިންޓް 74 ޕޮއިންޓުންނެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އިލްޔާސް އިބްރާހިމް އެވެ. އިލްޔާސްގެ އިތުރުން ރާއްޖެ ޓީމުގައި ހިމެނެނީ އަލީ ފަޒްލީ އާއި މުހައްމަދު ޒިލާލް އާއި އަހުމަދު ޒަބީރު އާއި އަހުމަދު ފިރާޝް އާއި އިބްރާހިމް ރަޝްވާން އާއި ޒަކަރިއްޔާ ލަތީފް އާއި އަފްޝަން ރަޝާދު އާއި ހުސެއިން ހަލީމް އާއި އައިމަން ރަޝާދު އާއި އަހުމަދު އައުޝަން އަދި ހުސެއިން ހަލީމެވެ.
ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލާއި އިންޑިއާ އާއި ސްރީ ލަންކާ އަދި ބަނގްލަދޭޝް އެވެ.
ރާއްޖެ ކުޅޭ ފަހު މެޗުގައި މިއަދު ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ.