16 May 2014, 22:34
އިންޑިއާގެ ޕާލަމެންޓް އިންތިޚާބުގައި އެ ގައުމުގެ އިދިކޮޅު ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކާމިޔާބު ހޯއްދަވާފައިވާތީ އެ ޕާޓީގެ ލީޑަރު ނަރެންދުރަ މޯދީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދެކުނު އޭޝިޔާގެ ހުރިހާ ގައުމުތަކާ ގުޅިގެން ދެކުނު އޭޝިޔާ ވަރުގަދަ ކުރުމަށް މޯދީ މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މޯދީ އަކީ ބީޖޭޕީގެ ފަރާތުން ބޮޑު ވަޒީރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅާ އެވެ.
ނަތީޖާ ދައްކާ ގޮތުން ޕާލަމެޓްގެ 543 ގޮނޑީގެ ތެރެއިން 272 އަށް ވުރެ ގިނަ ގޮނޑި ވަނީ ބީޖޭޕީ އަށް ލިބިފަ އެވެ.
އިންޑިއާގައި މިހާރު ވެރިކަން ކުރާ ކޮންގްރެސް ޕާޓީން ވަނީ ބަލި ގަބޫލުކޮށް، ކުރިއަށް އޮތްތަނުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ބުނެފަ އެވެ.