މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފިން ތަކަކާއެކު މާލެއިން މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިއަދު މެންދުރު 2:00 އެހައިކަށް ހާއިރު ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ކާމިނީ މަގުން އޭނާ ހިނގާފައި ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން އެވަގުތު މާލެތެރެ ޕެޓްރޯލު ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ކަމަށެވެ.

އެމީހާގެ ހަށިގަނޑު ބަލާފާސްކުރިއިރު އޭނާގެ އަތުން ފެނިފައި ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ފަސް ސެލޯފިން ކޮޅު ކަމަށް ފުލުހުން ބުންޏެވެ.

އޭނާ އަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން މާރާމާރީގެ މައްސަލަތަކާއި ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.