16 May 2014, 20:21
އަންނަ ޖޫންމަހުގެ ހަވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގައި ބާއްވާ އޭސީސީ އެލީޓް ކުރިކެޓް މުބާރާތަށް ދާ ގައުމީ ކުރިކެޓް ޓީމް މިއަދު އިއުލާން ކޮށްފި އެވެ.
ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި މިއަދު އިއުލާން ކުރި ކުރިކެޓް ޓީމްގެ ކެޕްޓަނެއްގެ ގޮތުގައި ދަތުރުކުރާނީ އަހްމަދު އަފްޒަލް ފާއިޒެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ ސަފްރާޒް ޖަލީލެވެ.
ޤައުމީ ކްރިކެޓް ޓީމްގެ ސްކޮޑް.
1. އަހްމަދު އަފްޒަލް ފާއިޒް – ކެޕްޓަން
2. ސަފްރާޒް ޖަލީލް – ވައިސް ކެޕްޓަން
3. އަބްދުﷲ ޝާހިދު
4. މުހަންމަދު އައްޒާމް
5. މުހަންމަދު ރިސްވާން
6. މުހަންމަދު ސާފީ ސައީދު
7. މުހަންމަދު މަހަފޫޒު
8. ހަސަން އިބްރާހިމް
9. ހަސްނަ ހާޒިގް ރަސީދު
10. އަހްމަދު އަމީލް މައުރޫފް
11. މިހުސާން ހާމިދު
12. އަހްމަދު އުމަރު ޖަމާލް
13. އަހްމަދު ހަސަން
14. އަހްމަދު ނީސާމް ނާސިރު
އޮފިޝަލުން
- ބްރެންޑަން ކުރުޕޫ – ކޯޗް
- ފަރުހަތު ޖަލީލް – މެނޭޖަރު
- މާދިހު އިސްމާއިލް - ފިޒިއޯ
ޓީމް ސިންގަޕޫރަށް ދިއުމުގެ ކުރިން ސްރީލަންކާގައި މިމަހުގެ 26 އިން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޕްރެކްޓިސް ހަތަރު މެޗް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. ސްރީލަންކާގައި ފުރަތަމަ މެޗް ކުޅޭނީ މިމަހުގެ 27 ވަނަ ދުވަހު ކޮލްޓްސްއާއި، 28ވަނަ ދުވަހު ބްލޫމް ފީލްޑާއި، 30 މެއި ގައި ބައްދަލުކުރާނީ މޫއާސް އަދި ޖޫން ދެވަނަ ދުވަހު އާމީ ގްރައުންޑްގައި ސްރީލަންކާ އާމީ ޓީމްއާއި އެކު މެޗެއް ކުޅުމަށް ހަމަޖެހިފައި ވާކަމަށް ވެސް ކުރިކެޓް ބޯޑުން ބުންޏެވެ.