16 May 2014, 20:06
މިހާރު ކުރިއަށްދާ ހަތަރު ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ ޓީމް އިވެންޓުގެ ގޫރޫޕް ސްޓޭޖްގެ މެތުތައް ނިމި ކުއާޓާ އަދި ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރު ވެއްޖެ އެވެ.
މިރޭ ކުޅެން ހަމަޖެހިފައިވާ ފިރިހެން ކުއަޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އާއި ޕޮލިސް ސާވިސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަސްޓަމްސްގެ ޓީމާއި އަދި ޕީޖީ އޮފީހެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ އެމްބީސީ އަދި އެމްއޭސީއެލް އެވެ. ހަތަރުވަނަ މެޗުގައި ބައްދަލުކުރާނީ އެމްޕީއެލް އާއި ޔޫއެޗް ގުރޫޕް އެވެ.
ޓީމް އިވެންޓުގެ އަންހެން ސެމީފަނަލްގެ މެޗުތައްވެސް މިރޭ ކުޅެން ހަމަޖެހިފައިވާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޮޑިޓް އޮފީހާއި ޕޮލިސް ސާވިސް އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޮރިން އެފެއަރޒްގެ ޓީމާއި އެމްއެންޑީއެފް ގެ ޓީމެވެ.
މިމުބާރާތުގެ ހުރިހާ އިވެންޓެއްގެ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މާދަމައެވެ. މާދަމާ ކުޅެން ހަމަޖެހިފައިވާ ފިރިހެން ސިންގަލްސް ފައިނަލުގައި ބައްދަލުކުރާނީ އެމްޕީއެލްގެ އިބްރާހިމް ލިފާއު އާއި އެމްބީސީގެ އިސްމާއިލް އަޒްމީނެވެ. އަންހެން ސިންގަލްސް ފައިނަލުގައި ބައްދަލުކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަފްހާ ހަސަން އާއި އެމްއެންޑީއެފްގެ އައިމިނަތު އަލީ އެވެ. އޯޕަން ސިންގަލްސް ފައިނަލުގައި ބައްދަލުކުރާނީ އެމްޕީއެލްގެ މުހައްމަދު މުންތަސިރާއި އެމްއޭސީއެލްގެ އަލީ ހަސަން އެވެ.
މިމުބާރާތުގެ ފިރހެންޑަބަލްސް ފައިނަލްގައި ބައްދަލުކުރާނީ އެމްޕީއެލްގެ ސާލިމް އަދުންއާއި ހަސަން އިޒްހާމްގެ ޕެއަރއާއި އެމްބީސީގެ އިސްމާއިލް އަޒްމީނާއި މަހުދީ ފަރުޒާންގެ ޕެއާއެވެ. އަންހެން ބައިގެ ފައިނަލުގައި ބައްދަލުކުރާނީ އޮޑިޓް އޮފީހުގެ ފާތިމަތު ނުޒުހާއާއި ޝިފްނާ މުހައްމަދުގެ ޕެއާ އާއި އެމްއެންޑީއެފްގެ އައިމިނަތު އަލީ އާއި ވަސީމާ ރައޫފްގެ ޕެއާއެވެ.