16 May 2014, 17:13
ނުވަ މީހުންނާއެކު ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ޚަބަރެއް ނުވުމާ ގުޅިގެން އެދޯނި ހޯދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.
އެ ދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އދ. މާމިގިލީ ކައިރިން ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ "ޝަބްނަމް" ނަމަކަށް ކިޔާ އެ ދޯންޏަކީ ދިގުމިނުގައި 67 ފޫޓު ހުރި ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ކުރީކޮޅުގައި ހުދުކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށެވެ.
އެ ދޯންޏާ ބެހޭ މައުލޫމާތެއް ލިބޭތޯ ބަލައި ދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ. އަދި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ. ފެކްސް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރަން ބޭނުންނަމަ 3391665 މި ނަމްބަރަށް ފެކްސް ކުރުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.