16 May 2014, 13:34
އަންނަ ހޯމަ ދުވަހު ފަށާ އޭއެފްސީ ޗެލެނެޖް ކަޕް ފްުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ޓީމްތައް ޕްރެކްޓިސް ކުރަން ހަމަޖެހިފައިވާ ހުޅުމީދޫ ފުޓްބޯޅަ ދަނޑު ތައްޔާރު ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން އިއްޔެ ބައިވެރިވެއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ ހުޅުމީދޫ ފުޓްބޯޅަ ދަނޑު ތައްޔާރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސިފައިން އިއްޔެ ވަނީ އެ ދަނޑު ވަށައިގެން ވިނަނޮޅާ ސާފުކުރުމާއި ދަނޑުގެ އަރިމަތީގައި ހުރި ގާތައް ނެގުމުގެ އިތުރުން، ދަނޑުން ހަލާކުވެފައިވާ ތަންތަނުގައި ޕެޗްއެޅުމާއި ދަނޑަށް ފެންޖެހުމުގެ މަސައްކަތް ކޮށްފަ އެވެ.
ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ތިބެން ހަމަޖެހިފައި ވަނީ ހެރެތެރެ އައިލެންޑު ރިސޯޓުގަ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޮސް އެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގައި ބައްދަލުކުރާ ދެޓީމަކީ ލާއޮސް އާއި ތުރުކުމަނިސްތާނެވެ.
ގްރޫޕް ބީގައި ވާދަކުރާ ހަތަރު ތީމުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ އައި ޓީމަކީ ލާއޮސެވެ. ދެ ވަނަ ޓީމެއްގެ ގޮތުގައި ގްރޫޕް ބީ ފަޅިން މާލެ އައީ މިއަދު ހެދުނު އަފްގާނިސްތާނެވެ.