30 Dec 2010, 09:09
މ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ފުރާ ވަޑައިގެންފި އެވެ. ރައީސް ނަޝީދު ފުރާވަޑައިގަތީ މިއަދު ހެނދުނު އެވެ.
ރައީސް އޮފީހުން ބުނީ އެ މަނިކުފާނުގެ މި ދަތުރުފުޅުގައި މެދު ޕްރޮވިންސްގެ ދަތުރުފަތުރުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، މުލަކުގެ ފެރީ ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވާނެ ކަމަށެވެ.
މުލަކަތޮޅުގެ ހަ ރަށަކަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި، ފުރަތަމަ މިއަދު ވަޑައިގަންނަވާނީ، އެ އަތޮޅު މަޑުއްވަރިއަށެވެ.