އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކުރަން ރާއްޖޭގެ މީޑިއާތަކުން ދޭ ސަމާލުކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހުމަދު ތައުރީފް ކުރައްވައިފި އެވެ.

ޗެލެންޖް ކަޕް ފޯރި ގަދަކުރަން މީޑިއާއިން ދޭ ސަމާލު ކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު މިރޭ ވަނީ ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހައްސަ ފަރިއް ކޮޅެއް ދެއްވާފަ އެވެ. އަދި ކޮންމެ މީޑިއާ އަކަށް ރާއްޖޭގެ ގައުމީ ޓީމް ޖާޒީގައި އެ މީޑިއާއެއްގެ ނަން ޖަހައިދީފައި ވެސް ވެ އެވެ.

މެެއި މެއި 15، 2014: އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި، ޗެލެންޖު ކަޕަށް މީޑިއާތަކުން ދެއްވާ ސަމާލު ކަމަށް ޝުކުރު ދެންނެވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެފްއޭއެމްގެ ޓާފް ދެ ނަމްބަރު ދަނޑުގައި މިރޭ އޮތް ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް އިލްހާމް ވިދާޅުވީ، ޗެލެންޖް ކަޕް ބޭއްވުމުގެ އެންމެ ބޮޑު ރޯލެއް އަދާ ކުރާ ބަޔަކީ މީޑިއާތައް ކަމަށާއި މުބާރާތް ފޯރިގަދަ ކުރުމުގެ މުހިންމު ރޯލް އަދާ ކުރާ ބަޔަކީ ވެސް މީޑިއާ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ޗެލެންޖް ކަޕްގެ ފޯރި ގަދަކުރުމަށް މީޑިއާތަކުން ދެއްވަމުން އަންނަ ހާއްސަ ސަމާލު ކަމަށް، ރާއްޖޭގެ ހުރިހާ މީޑިއާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް އިލްހާމް ވަނީ ހާއްސަ ޝުކުރެއް އަދާކުރާއްވާފަ އެވެ.
މެެއި މެއި 15، 2014: އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި، ޗެލެންޖު ކަޕަށް މީޑިއާތަކުން ދެއްވާ ސަމާލު ކަމަށް ޝުކުރު ދެންނެވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޭއެފްސީ ޗެލެންޖު ކަޕާ ދިމާކޮށް، ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތަކުން ދަނީ މުރާބާތުގެ ކައުންޑައުން ޝޯވ ތަކެއް ފަށާފަ އެވެ. އަދި ޗެލެންޖު ކަޕާ ގުޅިގެން، އެފްއޭއެމުން ބާއްވާ އިވެންޓުތައް އެއްވެސް އަގަކާ ނުލައި ޓީވީތަކުން ދަނީ ވަގުތުން ދުރަށް ފޮނުވަމުންނެވެ. އަދި ބައެއް އޮންލައިން ނޫސްތަކުން ވަނީ އޭއެފްސީ ޗެލެންޖު ކަޕަށް ހާއްސަ ޕޭޖުތަކެއް ތައާރަފްކޮށް، މުބާރާތައް ދިވެހި ސަޕޯޓަރުން ތައްޔާރު ކުރުމަށް ރިޕޯޓުތަކާއި ހަބަރުތައް ގެނެސްދެމުންނެވެ.
މެެއި މެއި 15، 2014: އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި، ޗެލެންޖު ކަޕަށް މީޑިއާތަކުން ދެއްވާ ސަމާލު ކަމަށް ޝުކުރު ދެންނެވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި ރާއްޖެއާ ވާދަ ކުރާނީ ފަލަސްތީނާއި މިޔަންމާ އަދި ކިރްގިސްތާނެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި މުބާރާތުގައި ލާއޯސް ވާދަކުރާ ގްރޫޕް ބީފަޅިން ހިމެނޭ ޓީމް ތަކަކީ ތުރުކުމަނިސްތާނާއި ފިލިޕިންސް އަދި އަފްގާނިސްތާނެވެ.
މެެއި 15، 2014: ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ސަން) ޓީމްގެ ފަރިތަކުންތައް ރަސްމީކޮށް ފަށުން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން