15 May 2014, 17:26
ކުރީގެ ނޫސްވެރިޔާ އައިޝަތު ލީޒާ އަށް ރައީސްލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ކޯޑިނޭޓާ ކަމުގެ މަގާމް ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް މިއަދު ސަން އަށް ވިދާޅުވީ ލީޒާ އަށް ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރެއްގެ މަގާމު ދެއްވާފައިވާ ކަމަށާއި އަދި މިއަދު އޭނާ ވަޒީފާ އަށް ނުކުމެފައިވާ ކަމަށެވެ.
ލީޒާ އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ލީޒާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ލީޒާ ވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާފަ އެވެ. ނަމަވެސް އެ އިންތިހާބުން ލީޒާ ވަނީ ނާކާމިޔާބުވެފަ އެވެ.
ލީޒާ އަކީ ގައުމީ ޓީވީ، ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ މަޝްހޫރު ނޫސްވެރިއެކެވެ.