ރާއްޖެއަށް އެތެރެކުރި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަސްތުވާތަކެތީގެ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތައިލެންޑު އަންހެނަކާއި އެފްރިކާ އަންހެނެއް ކަމަށެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްގެން އުޅޭކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގައި ދުވަހުކުއްޔަށްދޭ ތަނެއް ބަލައި ފާސްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުުލުހުން ބުނީ، އެ އޮޕަރޭޝަން ހިންގުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެހީތެރިކަން ލިބިފައިވާ ކަމަަށާއި މަސްތުވާތަކެތީގެ އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުގީގު ކުރަމުން އަންނަ ކަމަށެވެ.