މި ސީޒަނުގައި ފުލަމްގެ ކޮންސްޓެންޓިނޯސް މިޓްރޮގްލޫ އަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، ވޯލްޑް ކަޕުގައި ވާދަކުރާ ގްރީސް ޓީމުން އިއުލާނުކޮށްފައިވާ 29 ކުޅުންތެރިންގެ ސްކޮޑަށް އޭނާ ނަގައިފި އެވެ.

އުމުރުން 26 އަހަރުގެ ފޯވަޑް މިދިޔަ ޖެނުއަރީ މަހު އޮލިމްޕިއާކޮސް އިން 11 މިލިއަން ޕައުންޑަށް ފުލަމްއާ ގުޅުނު ނަމަވެސް އޭނާ އެ ކުލަބަށް ކުޅުނު ފުރަތަމަ 120 މިނެޓްގެ ތެރޭގައި ލަނޑެއް ކާމިޔާބުކޮށްދެވިފައެއް ނުވެ އެވެ. ފުލަމް ވަނީ ޕްރިމިއާ ލީގުން ރެލިގޭޓްވެފަ އެވެ.

މި ސީޒަނުގައި މިޓްރޮގްލޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައި ނުވި ނަމަވެސް، ގްރީސްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ މިޓްރޮގްލޫ އަށް ގްރީސްގެ ސްކޮޑުން ޖާގަ ދީފަ އެވެ. އަންނަ މަހު ދެވަނަ ދުވަހުގެ ކުރިން ނެރޭ ގްރީސްގެ 23 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ހޯދުމަށް މިޓްރޮގްލޫގެ ކުޅުން ރަނގަޅުކުރަން މަޖުބޫރުވާނެ އެވެ.

މިޓްރޮގްލޫއާ އެކު ފުލަމް އަށް ކުޅޭ ގްރީސްގެ ކެޕްޓަން އަދި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ޖިއޯޖޮސް ކަރަގޫނިސް އާއި ޖިއޯޖަސް ސަމަރާސް އަށް ވެސް ވަނީ އެ ޓީމުން ޖާގަ ދީފަ އެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ސީގައި ގްރީސްއާ ދެކޮޅަށް ނުކުންނާނީ ކޮލަމްބިއާ އާއި އައިވަރީ ކޯސްޓް އަދި ޖަޕާނެވެ.

ގްރީސްގެ 29 ކުޅުންތެރިންގެ ސްކޮޑު:

ގޯލްކީޕަރުން: އެލެންސެންޑްރޮސް ޓުޒޯވަސް (އެޕޯލޮން ސުމީރްނިސް)، މައިކަލިސް ސިފަކިސް (އެޓްރޮމިޓޮސް)، އޮރެސްޓިސް ކާނެޒިސް (ގްރެނޭޑާ)، ޕަނަގްލޮޓިސް ގްލީކޮސް (ޕީއޭއޯކޭ)، ސްޓެފަނޯސް ކަޕީނޯ (ޕަނަތިނައިކޮސް)

ޑިފެންޑަރުން: އަވްރާމް ޕަޕަޑޮޕޫލޮސް (އޮލިމްޕިއާކޮސް)، ޑިމިޓްރިސް ސިއޮވަސް (އޮލިމްޕިއާކޮސް)، ކޮސްޓަސް މަނޮލަސް (އޮލިމްޕިއާކޮސް)، ޖިއަނިސް މަނިއާޓިސް (އޮލިމްޕިއާކޮސް)، ހޯސޭ ހޮލެބަސް (އޮލިމްޕިއާކޮސް)، ސްކްރާޓިސް ޕަޕަސްޓަތޮޕޫލޮސް (ބޮރޫސިއާ ޑޯޓްމަންޑް) ޖިއޯޖަސް ޓުޒަވެލަސް (ޕީއޭއޯކޭ)، ލައުކަސް ވީންޓްރާ (ލެވަންޓެ)، ވަސިލިސް ޓޮރޮސިޑިސް (ރޯމާ)

މިޑްފީލްޑަރުން: އެލެކްސެންޑްރޮސް ޓުޒިއޮލިސް (ކޭސެރިޕޯ)، އެންޑްރިއާސް ސަމާރިސް (އޮލިމްޕިއާކޮސް)، ކޮސްޓަސް ކަޓްސޫރާނިސް (ޕީއޭއޯކޭ)، ޖިއޯޖަސް ކަރަގޫނިސް (ފުލަމް)، ޕަނަގިއޮޓިސް ޓަޗުޓްސިޑިސް (ޓޮރިނޯ)، ސްޓިރިސް ނިނިސް (ޕީއޭއޯކޭ)، ލޯނިސް ފެޓްފަޓްޒިޑިސް (ގެނޯއާ)، ކޮސްޓަސް ފޯޓޫނިސް (ކައިސާސްލޯޓާން)، ލަޒަރޮސް ކްރިސްޓިޑޫލޮޕޫލޮސް (ބޮލޯނާ)، ޕަނަގިއޮޓިސް ކޯން (ބޮލޯނާ)

ފޯވަޑުން: ޑިމިޓްރިސް ޕަޕަޑޮޕޫލޮސް (އެޓްރޮމިޓޮސް)، ޑިމިޓްރިސް ސަލްޕިންގިޑިސް (ޕީއޭއޯކޭ)، ޖިއޯޖަސް ސަމަރާސް (ސެލްޓިކް)، ކޮންސްޓެންޓިނޯސް މިޓްރޮގްލޫ (ފުލަމް)، ތިއޮފަނިސް ގެކަސް (ކޮންޔަސްޕޯ)