15 May 2014, 12:50
އަންނަ މަހު ބްރެޒިލް ވޯލްޑް ކަޕުގައި ވާދަކުރާ ކްރޮއޭޝިއާ ޓީމުގެ 30 ކުޅުންތެރިންގެ ސްކޮޑު އެ ޓީމުގެ ކޯޗު ނިކޯ ކޮވަކް އިއުލާންކޮށްފި އެވެ.
މި މަހު 31 ވަނަ ދުވަހު މާލީއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ފަހު، ކްރޮއޭޝިއާ ސްކޮޑުން ހަތް ކުޅުންތެރިން ބާކީ ކުރާނެ އެވެ.
ކްރޮއޭޝިއާގެ 30 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރެއާލް މެޑްރިޑްފެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަދި ބަޔާން މިއުނިކްގެ ފޯވަޑް މާރިއޯ މަންޒޫކިޗް އެވެ.
ވޯލްޑް ކަޕު ގްރޫޕް އޭގައި ކްރޮއޭޝިއާ ވާދަކުރަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލް އާއި މެކްސިކޯ އަދި ކެމަރޫންއާ ދެކޮޅަށެވެ.
ކްރޮއޭޝިއާގެ 30 ކުޅުންތެރިންގެ ސްކޮޑު:
ގޯލްކީޕަރުން: ސްޓިޕޭ ޕްލެޓިކޯސާ (ރޮސްޓޯވް)، ޑެނިޖެލް ސުބަސިޗް (މޮނާކޯ)، އޮލިވާ ޒެލެނިކާ (ލޮކޮމޯޓިވް)
ޑިފެންޑަރުން: ޑާރިއޯ ސާނާ (ޝާހްތަރު ޑޮނެސްކް)، ޑެޖަން ލޮވްރެން (ސައުތެމްޓަން)، ވެޑްރަން ކޯލޫކާ (ލޮކޮމޯޓިވް މޮސްކޯ)، ގޯޑަން ޝިލްޑެންފެލްޑް (ޕަނަޗިކައޮކޯސް)، ޑެނިޖެލް ޕްރަންޖިކް (ޕަނަތިނައިކޯސް)، އިވާން ސްޓްރިނިޗް (ޑެނިޕްރޯ)، ޑޮމަގޮޖް ވިޑާ (ޑައިނަމޯ ކިއެވް)، ސަމޭ ވާސަލިޖްކޯ (ގެނޯއާ)، އިގޯ ބުބްނުޖިކް (އުދިނޭސީ)
މިޑްފީލްޑަރުން: ލުކާ މޮޑްރިޗް (ރެއާލް މެޑްރިޑް)، އިވާން ރަކިޓިޗް (ސެވިއްޔާ)، ނިކޯ ކްރެންޖްކާ (ކިޔުޕީއާރު)، އޮގެންޖެން ވުކޮޖެވިޗް (ޑައިނަމޯ ކިއެވް)، އިވާން ޕެރިސިޗް (ވުލްފްސްބާގް)، މަޓިއޯ ކޮވަވިޗް (އިންޓަ މިލާން)، މިލާން ބަޑެލްޖޭ (އެޗްއެސްވީ) އިވޯ އިލިޗެވިޗް (އެޗްއެސްވީ)، މާސެލޯ ބްރޮޒޮވިޗް (ޑައިނަމޯ ޒަގްރެބް)، އިވާން މޮޗިނިޗް (އެޗްއެންކޭ ރިޖޭކާ)، މާރިއޯ ޕަސަލިޗް (ހަޖްޑުކް ސްޕްލިޓް)، ސާމިރް (ގެޓާފޭ)
ފޯވަޑުން: މާރިއޯ މަންޒޫކިޗް (ބަޔާން މިއުނިކް)، އިވިކާ އޮލިޗް (ވުލްފްސްބާގް)، އެޑުއާޑޯ ޑަ ސިލްވާ (ޝާހްތަރު ޑޮނެސްކް)، ނިކިޗާ ޖެލަވިޗް (ހަލް ސިޓީ)، އަންޓެ ރެބިޗް (ފިއޮރެންޓީނާ)، ޑުޖޭ ކޮޕް (ޑައިނަމޯ ޒަގްރެބް)