15 May 2014, 12:28
ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އެޕްލިކޭޝަނެއްކަމަށްވާ ވައިބާގެ ހިދުމަތް އަނެއްކާ ވެސް މެދުކެނޑިއްޖެ އެވެ.
ވައިބާއިން ކުރި ޓްވީޓެއްގައި ވަނީ ހިދުމަތް މެދުކެނޑިގެން އުޅޭކަން އެނގޭ ކަމަށާއި އެކަން ހައްލުކުރަން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އޭގެ ފަހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސިސްޓަމްތައް އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އަދި ހިދުމަތް ނުލިބޭ މީހުން ތަންކޮޅެއް ފަހުން ވައިބަ ބޭނުންކުރަން މަސައްކަތް ކޮށްލަން އެދޭ ކަމަށެވެ.
Hey, guys! Our systems are recovering and most users should be back online. If you still can't connect, please try using Viber a bit later.
— Viber (@Viber)May 14, 2014
ވައިބާގެ ހިދުމަތް މިދިޔަ އޭޕްރީލްމަހުގެ 29 ވަނަ ދުވަހު ވެސް މެދުކެނޑުނެވެ. އެދުވަހު ހިދުމަތް މެދުކެނޑުނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރަށެވެ.
ވައިބާއަކީ ގުޅުމަށާއި ޗެޓްކުރުމާއި ފޮޓޯ ޝެއާ ކުރުމަށް ފަހަކަށް އައިސް ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އެޕްލިކޭޝަނެކެވެ.