15 May 2014, 11:22
އަންހެން ކުއްޖެއްގެ އުމުރުން 10 އަހަރުން ފެށިގެން ތަރުކާރުކޮށް ތަފާތު އެކި ދުވަސްމަތިން އެކުއްޖާ އަށް ޖިންސީ ގޯނާކުރަމުން ދިޔަ މީހަކު ށ. ފުނަދޫން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައި ވަނީ 47 އަހަރުގެ މީހެއް ކަމަށެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަންހެން ކުއްޖާ އަށް ޖިންސީގޯނާ ކޮށްފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން ތަފާތު އެކު ދުވަސްމަތިން ކަމަށް ފުލުހުން ބުންޏެވެ.
މިހާރު 15 އަހަރު ފުރިފައިވާ އެ އަންހެން ކުއްޖާ ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.
ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި، އެރަށުގައި ހުންނަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ގުޅިގެން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.