ލޮރީއަކުން ފޭބި މަސް ކޭސްތަކެއްގެ ދަށުވެ ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ދާދި ދެންމެ އަކު ކަޅުތުއްކޮލާ ކޮށީ ސަރަހައްދުންނެވެ. އެ ހާދިސާގައި އަނިޔާވި ފަސް ބިދޭސީއިންނަށް ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ އެ ފަސް ބިދޭސީއިންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި ނަމަވެސް ލިބިފައިވާ ގެއްލުން ތަކުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށެވެ.

"އެ ފަސް ބިދޭސީން ތިބީ އެސްޓީއޯގެ ޓީޝާޓް ލައިގެން، އެ މީހުންނަށް އެކި ވަރުގެ ގެއްލުންތަކެއް ވަނީ ވެފައި،" ސަންގެ ނޫސްވެރިޔާ ބުންޏެވެ.

އެ ހާދިސާއާއި ގުޅިގެން އެސްޓީއޯގެ ބަހެއް ވެސް އަދި އައިޖީއެމްއެޗްގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.