މެލޭޝިއާގައި ބާއްވާ އިސްލާމިކް ކޮންވެންޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަގުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނަ މަހު މެލޭޝިއާގައި ބާއްވާ މި ކޮންފަރެންސުގައި ރައީސް ނަޝީދުގެ އިތުރުން މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގު އާއި ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އިތުރުން އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ބޭބެ އަދި އޮބާމާ ބެރެކް އެޗް އޮބާމާ ފައުންޑޭޝަންގެ ޗެއާމަން މަލިކް އޮބާމާ ހިމެނިވަޑައިގެންނަވަ އެވެ.

އެމްޑީޕީން ބުނީ އެ ކޮންފަރެންސްގައި ރައީސް ނަޝީދު ތިރީސް މިނެޓްގެ ތަގުރީރެއް ދެއްވުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިމޮކްރަސީ އާއި ޖަސްޓިސް އަދި ޕީސްގެ މައްޗަށެވެ.

މުސްލިމުންގެ އެއްބައިވަންތަކާ ގުޅޭ ބައިނަލް އަގުވާމީ ތިން ވަނަ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 11 އިން 12 އަށެވެ.

މި ކޮންޝަނަކީ ރަމަޝާން މޫމަންޓްގެ ފަރާތުންނާއި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އަމިއްލަފުޅަށް އުފައްދަވާފައިވާ "ގްލޯބަލް މޫވްމަންޓް އޮފް ދަ މޮޑަރޭޓްސް" އިން އިންތިޒާމްކޮށްގެން ބާއްވާ ކޮންވެންސަނެކެވެ. މި ކޮންވެންޝަންގެ މި އަހަރުގެ ޝިއާރަކީ "މެދުމިނަށް އާއެކޭ ބުނާށޭ އަދި ހައްދުފަހަނައެޅުމަށް ނޫނެކޭ ބުނާށޭ" އެވެ.