14 May 2014, 17:08
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ އޮތޯރިޓީގެ ބޯޑް މެންބަރު މޫސާ ނަސީރު މިއަދު އިންތިހާބްކޮށްފި އެވެ.
މޫސާ ނަސީރު އަކީ މ. އަތޮޅު ކައުންސިލް މެންބަރުކަން ވެސް ކުރައްވަމުން ގެންދާ ބޭފުޅާ އެވެ. އަދި އޭނާ އަކީ ކ އަތޮޅާއި އއ އަތޮޅާއި އދ އަތޮޅާއި ވ އަތޮޅާއި މ އަތޮޅާއި ފ އަތޮޅާއި ދ އަތޮޅުގެ އިތުރުން ތ އަތޮޅު ސަރަހައްދުތަކުން އެލްޖީއޭގެ ބޯޑަށް ކަނޑައަޅުއްވާފައި ހުންނަވާ މެންބަރެވެ.
މޫސާ ނަސީރު އެލްޖީއޭގެ ނައިބް ރައީސް ކަމަށް އިންތިހާބްވީ މިއަދުގެ ބޯޑް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވު އަށް މެންބަރުންގެ ތެރެއިން ހަ މެނެބަރުން ވޯޓް އަގުލަބިއްޔަތުންނެވެ.
މޫސާ ނަސީރާއި ވާދަކުރެއްވި އެ އޮތޯރިޓީގެ ކުރީގެ ނައިބް ރައީސް ސުޖާއު ހުސައިންއަށް ލިބިވަަޑައިގެންފައި ވަނީ ދެ ވޯޓެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ނައިބް ރައީސް ކަމަށް ބޭފުޅަކު އިންތިހާބްކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ފައިސަލް އިސްތިއުފާ ދެއްވުމުންއެ މަގާމް ހުސްވުމުންނެވެ.
އެލްޖީއޭ ގައި މުޅި ޖުމްލަ ތިންބަވަނީ ނުވަ މެންބަރުންނެވެ. އެހެން ނަމަވެސް މިވަގުތު އެ އޮތޯރިޓީގައި ތިބަވަނީ އަށް މެންބަރުނެވެ. މަވަގުތު އެލްޖީއޭގެ ބޯޑް މެންބަރުންގެ ތެރެއިން އައްޔަންކޮށްފައި ނުވަނީ ރައްޔިތުންގެ މަޖިލީހުން އެ މަގާމަށް އައްޔަންކުރާ މެންބަރެވެ.