ލޯކަލް ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 11 ކެންޑިޑޭޓެއްގެ ނަން މިހާތަނަށް ބާތިލު ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


ކޮމިޝަނުން މިއަދު ބުނީ މިހާތަނަށް 11 ކެންޑިޑޭޓެއްގެ ނަން ބާތިލު ކުރި އިރު ގުރުއަތުލުމުގެ ކުރިން އަށް ކެންޑިޑޭޓެއްގެ ނަން ކެންސަލް ކޮށްފައިވާ ކަމަށާއި ގުރުއަތުގެ ފަހުން . ތިން ކެންޑިޑޭޓެއްގެ ނަން ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި ބުނީ ގުރުއަތުލީ ފަހުން ނަން ބާތިލު ކޮށްފައިވާ ތިން ކެންޑިޑޭޓުންނަކީ ގައުމީ ޕާޓީގެ ކެންޑިޑޭޓަކާ ބޮޑު އިދުކޮޅު ޕާޓީ، ޑީއާރުޕީގެ ދެ ކެންޑިޑޭޓެއް ކަމަށެވެ.


އިލެކްޝަނުން ބުނީ ނަން ބާތިލު ކޮށްފައިވާ ކެންޑިޑޭޓުންނަށް އެކަން މިހާރު އަންގާފައިވާ ކަމަށާއި އަދި އެ ކެންޑިޑޭޓުންގެ ޕާޓީ ތަކަށް ވެސް ރަސްމީ ކޮށް އަންގާފައިވާ ކަމަށެވެ.


ކޮމިޝަނަށް އަންނަމުންދާ ޝަކުވާ ތަކަށް ބެލުމަށް ފަހު ކުރިއަށް އޮތް ތާނގައި އަދިވެސް ބައެއް ކެންޑިޑޭޓުންގެ ނަން ތައް ބާތިލު ކުރަންޖެހިދާނެ ކަމަށެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބްގައި 2011ގައި ވާދަކުރާ 2775 ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލައި، އެ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު ކެންޑިޑޭޓުންނާ ބެހޭ މަޢުލޫމާތު އާންމުކޮށް ވަނީ މިހާރު އިޢުލާންކޮށްފަ އެވެ.


2011 ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.