14 May 2014, 13:51
އަންނަ މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕުގައި ބައިވެރިވާ ރަޑަމެލް ފަލްކާއޯ އާއެކު ކޮލަމްބިއާގެ 30 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފި އެވެ.
މޮނާކޯ އަށް ކުޅެމުންދަނިކޮށް މި އަހަރު ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ކުރިން ފަލްކާއޯ އަށް ވޯލްޑް ކަޕުގައި ބައިވެރިވެވޭނެ ކަމުގެ އުންމީދު ވެފައިވީ ނަމަވެސް ސާޖަރީ އަށް ފަހު އޭނާ ވަނީ ކޮލަމްބިއާ ސްކޮޑަށް ނަގައިފަ އެވެ. އެ އަނިޔާގެ ސަބަބުން އޭނާ ހަ މަސް ނުވަތަ ނުވަ މަހަށް ކުޅުމާއި ދުރަށް ދާން ޖެހޭނެ ކަމަށް ކުރިން ޑޮކްޓަރުން މައުލޫމާތު ދީފައިވެ އެވެ.
ކޮލަމްބިއާގެ ކޯޗު ހޯޒޭ ޕެކާމަންގެ ސްކޮޑުން އުމުރުން 28 އަހަރުގެ ފޯވަޑަށް ޖާގަ ދިން ނަމަވެސް، އަނިޔާ އަށް ފަހު އަދި އޭނާ އެއްވެސް ފަރިތަކުރުމެއްގައި ބައިވެރިވެފައެއް ނުވެ އެވެ. އަނިޔާގެ ކުރިން މި ސީޒަނުގައި މޮނާކޯ އަށް ކުޅުނު 17 މެޗުން ނުވަ ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.
ކޮލަމްބިއާ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމަށް ނުވަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ކޮލަމްބިއާގެ 30 ކުޅުންތެރިންގެ ސްކޮޑް:
ގޯލްކީޕަރުން: ޑޭވިޑް އޮސްޕިާ (ނީސް)، ފަރީޑް މިންޑްރެގަން (ކްލަބް އެމެރިކ)، ކްރިސްޓިއަން ޒަޕާޓާ (އޭސީ މިލާން)، ކާލޮސް ވަލްޑޭސް (ސެން ލޮރެންޒޯ)، އަމަރަންޓޯ ޕެރޭ (ކްރުޒް އަޒުލް)، އެޑާ އަލްވަރޭޒް ބަލަންޓާ (ރިވާ ޕްލޭޓް)، ސެންޓިއާގޯ އަރިއާސް (ޕީއެސްވީ އޭންދޮވެން)، ކަމިލޯ ޒޫނިގާ (ނަޕޯލީ)، ޕަބްލޯ އާމެރޯ (ނަޕޯލީ)
މިޑްފީލްޑަރުން: ކާލޮސް ސަންޗޭޒް (އެލްޗޭ)، ފްރެޑީ ގުއަރިން (އިންޓަ މިލާން)، އަބެލް އަގުއިލާ (ޓޫލޭސޭ)، އަލްޑޯ ލޫއާޯ ރަމިރޭޒް (މޮެއލިއާ)، ހުއާން ފެނާންޑޯ ކުއިޓެރޯ (ޕޯޓޯ)، ވިކްޓާ އިބާބޯ (ކަގްލިއަރީ)، ޖޭމްސް ރޮޑްރިގޭޒް (މޮނާކޯ)، މެކްނެލީ ޓޮރޭސް (އަލް ޝަބާބް)، ހުއާން ގުއިލޭމޯ ކުއަޑްރަޑޯ (ފިއޮރެންޓީނާ)، އެޑްވިން ވެލެންސިއާ (ފްލުމިނޭންސީ)، އެލެކްޒެންޑާ މެޖިއާ (ނޭސިއޮނަލް)، އެލްކިން ސޮޓޯ (މައިންޒް)
ފޯވަޑުން: ރަޑަމެލް ފަލްކާއޯ (މޮނާކޯ)، ކާލޮސް ބައްކާ (ސެވިއްޔާ)، އެޑްރިއަން ރަމޯސް (ހާތާ ބާލިން)، ލުއިސް ފެނާންޑޯ މުރިއެލް (އުދިނޭސީ)، ޓިއޮފިލޯ ގުޓިއަރޭޒް (ރިވާ ޕްލޭޓް)، ޖެކްސަން މާޓިނޭޒް (ޕޯޓޯ)