އަންނަ މަހު ފަށާ ވޯލްޑް ކަޕުގައި ވާދަކުރާ ނެދަލޭންޑްސްގެ 30 ކުޅުންތެރިންގެ ސްކޮޑުން ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ)ގެ ރައިޓް ބެކް ގްރެގަރީ ވެން ޑާ ވީލް ބާކީކޮށް، ގަލަތަސަރާއީ މިޑްފީލްޑަރު ވެސްލީ ސްނެއިޑާ އަށް ޖާގަ ދީފި އެވެ.

ނެދަލޭންޑްސް ކޯޗު ލުއިސް ވެން ގާލްގެ 30 ކުޅުންތެރިންގެ ސްކޮޑުން ވެން ޑާ ވީލް ބާކީ ކޮށްފައި ވަނީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެންނެވެ. ވެން ޑާ ވީލް ބާކީވުމުން މިހާރު އެ ސްކޮޑުގައި ހިމެނެނީ ސްޕެއިން އަތުން 2010 ގެ ފައިނަލުން ބަލިވި ނެދަލޭންޑްސް ސްކޮޑުގައި ހިމެނޭ އަށް ކުޅުންތެރިންނެވެ.

ގޯލް ކީޕަރު މާޓިން ސްކެޓެލެންބާގް އަށް މި ސްކޮޑުން ފުރުސަތު ގެއްލުނު އިރު، ޑިފެންޑަރު ޖޯން ހައިޓިންގާ އަދި ޖޮރިސް މަތިޖްސެން އަށް ވެސް ވަނީ ފުރުސަތު ގެއްލިފަ އެވެ. ސްކޮޑުގައި ހިމެނޭ 30 ކުޅުންތެރިންގެ ތެރެއިން ޑަޗް ލީގު ޗެމްޕިއަން ފެޔޭނޫޑްގެ ހަތް ކުޅުންތެރިޔަކު ހިމެނެ އެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ބީގައި ހިމެނުނު ނެދަލޭންޑް ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އާއި ޗިލީ އަދި އޮސްޓްރޭލިއާ އާ ދެކޮޅަށެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އަންނަ މަހު 13 ވަނަ ދުވަހު ނެދަލޭންޑްސް ނުކުންނަން ޖެހޭނީ 2010 ގެ ވޯލްޑް ކަޕް ފައިނަލުގައި ނުކުންނަން ޖެހުނު ސްޕެއިން އާ ދެކޮޅަށެވެ.

ނެދަލޭންޑްސްގެ 30 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން: ޖެސްޕާ ކިލެންސެން (އަޔެކްސް)، ޓިމް ކްރުލް (ނިއުކާސަލް ޔުނައިޓެޑް)، މައިކަލް ވޯމް (ސްވަންސީ ސިޓީ)، ޖެރޮއެން ޒޮއެޓް (ޕީއެސްވީ އޭންދޮވެން)

ޑިފެންޑަރުން: ޕެޓްރިކް ވެން އާންހޯލްޓް (ވިޓެސޭ އާންހެމް)، ޑެލޭ ބްލައިންޑް (އަޔެކްސް)، ޑެރީލް ޖަންމާޓް (ފެޔޭނޫޑް)، ޓެރެންސް ކޮންގޮލޯ (ފެޔޭނޫޑް)، ބްރޫނޯ މާޓިންސް އިންޑި (ފެޔޭނޫޑް)، ކަރިމް ރެކިކް (ޕީއެސްވީ އޭންދޮވެން)، ޖޯލް ވެލްޓްމަން (އަޔެކްސް)، ޕޯލް ވާހޭގް (އޮގްސްބާގް)، ރޮން ވްލާ (އެސްޓަން ވިލާ)، ސްޓެފަން ޑި ވުރިޖް (ފެޔޭނޫޑް)

މިޑްފީލްޑަރުން: ޖޯޑީ ކްލެސީ (ފެޔޭނޫޑް)، ލެރޯއީ ފާ (ނޮވިޗް ސިޓީ)، ޖޮނަތަން ޑި ގުޒްމަން (ސްވަންސީ ސިޓީ)، ނައިޖެލް ޑި ޖޮންގް (އޭސީ މިލާން)، ވެސްލީ ސްނެއިޑާ (ގަލަތަސަރާއީ)، ޓޯނީ ވިލްހެނާ (ފެޔޭނޫޑް)، ރަފައެލް ވެން ޑާ ވާޓް (ހެމްބާގް)، ޖިއޯޖިނިއޯ ވިޖްނަލްޑަމް (ޕީއެސްވީ އޭންދޮވެން)

ފޯވާޑުން: ޖިއާން-ޕޯލް ބޮއޭޓިއުސް (ފެޔޭނޫޑް)، މެމްފިސް ޑިޕޭ (ޕީއެސްވީ އޭންދޮވެސް)، ކްލާސް-ޔެން ހަންޓެލާ (ޝާލްކޭ 04)، ޑާކް ކޫއިޖެޓް (ފެނަބާޗޭ)، ޖާމެން ލެންސް (ޑައިނަމޯ ކިއެވް)، ރޮބިން ވެން ޕާސޯ (މެންޗެސްޓާ ޔުނައިޓެޑް)، އާރްޔެން ރޮބެން (ބަޔާން މިއުނިކް)، ކުއިންސީ ޕްރޯމްސް (އެފްސީ ޓްވެންޓޭ)