14 May 2014, 12:36
އަންނަ މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ފަޅިން ވާދަކުރާ ޕްރާންސް ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފި އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް އިއުލާން ކުރި 23 ކުޅުންތެރިންގެ ތެރޭގައި ތިން ގޯލްކީޕަރުންނާއި އަށް ޑިފެންޑަރުންނާއި ހަތް މިޑްފީލްޑަރުން އަދި ފަސް ފޯވާޑުން ހިމެނެއެވެ.
ފްރާންސްގެ 23 ކުޅުންތެރިންގެ ސްކޮޑުން ބާކީވި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ނަސްރީގެ އިތުން ދެން ހިމެނެނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފުލްބެކް ގައެލް ކްލީޗީ އެވެ.
އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލައިލި ފްރާންސުން މިފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ހޮންޑިއުރަސްއާ ދެކޮޅަށެވެ.
ފްރާންސްގެ ސްކޮޑުގައި ހިމެނޭ ގޯލްކީޕަރުންނަކީ ބަސްޓީއާގެ މައިކަލް ލޯންޑްރޫ، ޓޮޓެންހަމްގެ ހޫގޯ ލޮއިސް އަދި މާސޭގެ ސްޓީވް މަންޑަންޑާ އެވެ.
ޑިފެންޑަރުންގެ ތެރޭގައި ހިމެނީ ނިއުކާސަލްގެ މެތިއު ޑެބޫޗީ، ޕީއެސްޖީގެ ލޫކާސް ޑިގްނޭ އާއި މެންޗެސްޓާ ޔުނައިޓެޑް ޕެޓްރީސް އެވްރާ އާއި އާސެނަލްގެ ކޮސިއެލްނީ އާއި ޕޯޓޯގެ މަންގާލާ އާއި އާސެނަލްގެ ބަކްރީ ސަންޔާ އާއި ލިވަޕޫލްގެ ސަކޯގެ އިތުރުން ރެއާލްގެ ރަފައެލް ވަރާން އެވެ.
މިޑްފީލްޑަރުންގެ ތެރޭގައި ހިމެނީ ލިލްގެ ރިއޯ މަވޫބާ އާއި ޔުވެންޓަސްގެ ޕައުލް ޕޮގްބާ އާއި ނިއުކާސަލްގެ ސިސޯކޯ އާއި މާސޭގެ މެތިއު ވެލްބައެނާ އާއި ޕީއެސްޖީގެ ޔަހާން ކަބާޔޭ އާއި ލިޔޯންގެ ކްލެމެންޓް އަދި ޕީއެސްޖީގެ މަޓުއިޑީ އެވެ.
ފޯވާޑުންގެ ތެރޭަގައި ހިމެނެނީ އާސެނަލްގެ އޮލިވާ ޖިރޯ އާއި ރެއާލް ސޮސެއިޑާޑްގެ ގުރީޒްމަން ލޮއިސް އާއި ނިއުކާސަލްގެ ލޮއިކް ރެމީ އާއި ރެއާލްގެ ކަރިމް ބެންޒެމާ އަދި ބަޔާންގެ ފްރޭންކް ރިބެރީ އެވެ.