30 Dec 2010, 04:43
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މިހާރު ލިބޭ 62500 ރުފިޔާގެ އިތުރަށް، މާލިއްޔަތު ކޮމިޓީން ދޭން ކަނޑައަޅައިފައިވާ 20،000 ރުފިޔާގެ ކޮމިޓީ އެލަވަންސް އުނިކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މަޖިލީހުގެ އިދާރާއަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މާލިއްޔަތު ކޮމިޓީން އެކުލަވައިލި ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި ބުނަނީ "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ، މާލިއްޔަތު ކޮމިޓީއިން ކަނޑައަޅާ އުސޫލެއްގެ މަތިން ލިބިދިނުމަށް ފެންނަ ކަމަށް ކޮމިޓީން ހުށަހަޅާ" ކަމަށެވެ.
އެ އޮނިގަނޑުގައިވާ ގޮތުން މެންބަރަކަށް 82500 ރުފިޔާ ލިބޭނެ އެވެ.
މި އޮނިގަނޑު މަޖިލީހުން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ 62 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ.