ނޭޕާލްގެ ވެރިރަށް ކަތަމަންދޫގައި މިއަދު ފެށި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ތިން ވަނަ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުން ރާއްޖެ މިއަދު ބަލިވީ ނޭޕާލް އަތުން 108 ޕޮއިންޓް 89 ޕޮއިންޓުން ނެވެ.

ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ މުބާރާތުގައި ރާއްޖޭގެ އިތުން ދެންވާދަކުރާނީ މުބާރާތް ބާއްވާ ގައުމުު ކަމަށްވާ ނޭޕާލާއި އިންޑިއާ އާއި ސްރީލަންކާ އަދި ބަންގްލަދޭޝް އެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އިލްޔާސް އިބްރާހިމް އެވެ. އިލްޔާސްގެ އިތުރުން ރާއްޖެ ޓީމުގައި ހިމެނެނީ އަލީ ފަޒްލީ އާއި މުހައްމަދު ޒިލާލް އާއި އަހުމަދު ޒަބީރު އާއި އަހުމަދު ފިރާޝް އާއި އިބްރާހިމް ރަޝްވާން އާއި ޒަކަރިއްޔާ ލަތީފް އާއި އަފްޝަން ރަޝާދު އާއި ހުސެއިން ހަލީމް އާއި އައިމަން ރަޝާދު އާއި އަހުމަދު އައުޝަން އަދި ހުސެއިން ހަލީމެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ވަދަކުކުރާނީ ބަންގްލަދޭޝްއާ ދެކޮަޅަށެވެ. މިމެޗު ކުޅޭނީ ރާއްޖެ ގަޑިން އެދު ވަހު ހަވީރު 4:15 ގައެވެ. ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ރާއްޖެ ގަޑިން 4:15 ގައި ކުޅޭނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން ހެދުނު 10:15 ގައި ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ.