ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ‏‏ހުއްޓުވުމުގެ ބިލާއި ޖިންސީ ކުށުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏އަބްދުލްޤައްޔޫމް މިއަދު ތަޞްދީގު ކުރައްވައިފި އެވެ.

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަކީ، ވަޒީފާ އަދާކުރާ ‏‏ތަންތަނާއި ތަޢުލީމުދޭ ތަންތަނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި މިނޫން ވެސް އިޖްތިމާޢީ ‏‏ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ‏‏ހުއްޓުވުމަށް ބާރު އަޅާފައިވާ ގާނޫނެކެވެ. އެ ގާނޫނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައެޅައި އެފަދަ ‏‏ކަންކަން ހުއްޓުވުމުގައި އެކި ފަރާތްތަކުގެ ޒިންމާ ބަޔާންކޮށް އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ‏‏ފިޔަވަޅުތައް އެ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ޖިންސީ ކުށުގެ ޤާނޫނަކީ ދިވެހި ރާއްޖޭގައި ޖިންސީ ކުށް ކަނޑައެޅުމާއި އެ ކުށާގުޅޭ ‏‏އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.‏