14:30


އާތު އަވާ ފާހަގަކުރުމަށް، އިންޖީނުލީ އެއްޗެހި ދުއްވުން މަނާކޮށްފައި ވަނިކޮށް، ދުއްވައިގެން 47 މީހުންގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުއްދަދީފައިވާ އުޅަނދެއް ފިޔަވާ އެހެން އުޅަނދެއް އިއްޔެ ހަވީރު ހަތަރެއް ޖެހީއްސުރެ 12 ޖަހަންދެން ދުއްވައިފިނަމަ 750 ރުފިޔާ އިން ޖޫރިމަނާކޮށް ލައިންސަންސް ހިފެހެއްޓޭނެ ކަމަށް ކުރިން އިޢުލާންކޮށްފައިވާނެ ކަމަށެވެ. އެގޮތުން މަނާކުރެވިފައިވާ ވަގުތުގައި ދުއްވި މީހުންގެ ހިފަހައްޓާ ބައެއް ފަރާތްތަކަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.


މިދިޔަ އަހަރު މިގޮތަށް ގަވާއިދާ ހިލާފަށް ދުއްވައިގެން ފުލުހުން ޖޫރިމަނާކުރި ފަރާތްތަކުގެ މައްސަލާގައި ކޯޓުން ވަނީ، ޖޫރިމަނާނެ ކުރޭނެ އަދަދެއް އިޢުލާންކުރުމެއް ނެތި އެގޮތަށް ފިޔަވަޅުނޭޅޭނެ ކަމަށް ބުނެ، އެ ފައިސާ އަނބުރާ ދިނުމަށް ފުލުހުންނަށް ހުކުމްކޮށްފަ އެވެ.