13 May 2014, 14:47
އަންނަ ޖޫން މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަކުރާ ކެމަރޫންގެ ސްކޮޑް އިއުލާން ކޮށްފި އެވެ.
މިއަދު އިއުލާން ކުރި ކެމަރޫން ސްކޮޑުގައި ޖުމްލަ 28 ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ.
ވޯލްޑް ކަޕްގައި ކެމަރޫންއާކު ގްރޫޮޕް އޭގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލް އާއި ކްރޮއޭޝިއާ އަދި މެކްޝިކޯ އެވެ.
ކެމަރޫންގެ ސްކޮޑުގައި މިފަހަރު ހިމެނޭ ގޯލް ކީޕަރުންނަކީ އިޓާންޖެ އާއި އެސެމްބެ އާއި އެންޑްޖޮކް އަދި ފެއިޑްޖޯ އެވެ.
ޑިފެންޑަރުންގެ ތެރޭގައި ހިމެނެނީ ނިޔޯމް އާއި ނައުންކެއު އާއި ޑިޖޭގޯ އާއި ޗެޑްޖޯ އާއި އެންކޯލޯ އާއި ކަނާ ބިޔިކް އާއި ބެޑިމޯ އާއި އަސޯ އެކޮޓޯ އަދި ބޮންގް އެވެ.
މިޑްފީލްޑަރުންގެ ތެރޭގައި ހިމެނެނީ އެނޯ އާއި މަކޯން އާއި މަޓިޕް އާއި އެމްބިއާ އާއި ނުގޭމޯ އާއި ސޯންގް އާއި ލޮއެ އަދި ސެލީ އެވެ.
ފޯވާޑުންގެ ތެރޭގައި ހިމެނެނީ ސެމުއެލް އެޓޫ އާއި ޗޯޕޯ މޯޓިން އާއި މޮކާންޖޯ އާއި އަބޫބަކުރު އާއި ވެބޯ އާއި އިދްރީސް އަދި އޮލިންގާ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ޖޫންމަހުގެ 13 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00ގައި ކެމަރޫން ނިކުންނާއި މެކްސިކޯއާ ދެކޮޅަށެވެ.