30 Dec 2010, 04:35
ފަންއައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ޓޫރިސްޓަކު ކަނޑުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އިޓަލީގެ ޓޫރިސްޓު މީހާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އޮޅުވެލި ރިސޯޓާ ދިމާ ކަނޑުތެރެއިން ކަމަށާއި ފެނިފައި ވަނީ އެ ސަރަހައްދުން ދަތުރުކުރި ލޯންޗަކަށް ކަމަށެވެ.
އަދި ބުނީ މި ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން ކަނޑުތެރެއިން މަރުވެފައި އޮއްވާ ފެނުނު ޓޫރިސްޓަކީ 46 އަހަރުގެ ފިރިހެނެއްކަން އެނގިފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނު ޓޫރިސްޓު މީހާ އެ ރިސޯޓަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު މޫދަށްގޮސް ގެއްލުމަށް ފަހު އެވެ.
މަރުވި ޓޫރިސްޓް މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެގެނެވިފައެވެ. އަދި މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.