ވޯލްޑް ކަޕުގައި ވާދަކުރާ އެމެރިކާ ޓީމުގެ ކޯޗު ޔާގަން ކްލިންސްމަންގެ 30 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފި އެވެ.

އިއްޔެ އިއުލާންކުރި މި ސްކޮޑުގައި އެމެރިކާ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ތަރިން ކަމަށްވާ ކްލިން ޑެމްޕްސީ އާއި ލެންޑަން ޑޮނަވަން ހިމަނާފައި ވެއެވެ. ޕްރިމިއާ ލީގަށް ކުޅެމުންދާ ދެ ގޯލްކީޕަރުން ކަމަށްވާ ޓިމް ހޮވާޑް އާއި ބްރެޑް ގުޒަން އަށް ސްކޮޑުން ޖާގަ ދީފައިވާ އިރު، ސްޓޯކްގެ ކެމަރޮން އާއި ބަޔާން މިއުނިކްގެ ޖޫލިއަން ގްރޫން އަދި ކުރިން ރޯމާއަށް ކުޅުނު މައިކަލް ބްރޭޑްލީ ވެސް ހިމަނާފައި ވެއެވެ.

އަންނަ މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕްގައި އެމެރިކާ ހިމެނެނީ ގްރޫޕް އެޗްގަ އެވެ. އެމެރިކާއާ އެކު ދެން އެގްރޫޕްގައި ހިމެނެނީ ޖަރުމަނާއި ޕޯޗުގަލް އަދި ގާނާ އެވެ.

ކުރިން ހީކުރެވުނު ގޮތާ ހިލާފަށް ޑީސީ ޔުނައިޓެޑްގެ ފޯވަޑް އެޑީ ޖޯންސަން އަށް ވަނީ ފުރުސަތު ގެއްލިިފަ އެވެ. އޭނާ އަކީ އެމެރިކާގެ ކޮލިފައިން މެޗުތަކުގައި އާންމުކޮށް ފެނިގެންދިޔަ ކުޅުންތެރިއެކެވެ. ބޮލްޓަންގެ ޓިމް ރީމް އަދި ޕުއެބްލާ މައިކަލް އޮރޮޒްކޯ އަށް ވެސް ވަނީ ޖާގަ ގެއްލިފަ އެވެ.

އަންނަ މަހު ދެވަނަ ދުވަހު ވޯލްޑް ކަޕަށް ނުކުންނަ އެމެރިކާގެ 23 ކުޅުންތެރިންގެ ސްކޮޑު ކްލިންސްމަން އިއުލާން ކުރުމުގެ ކުރިން ކެލިފޯނިއާގައި އެޓީމު ކޭމްޕް ކުރާނެ އެވެ.

އެމެރިކާގެ 30 ކުޅުންތެރިންގެ ސްކޮޑު:

ގޯލްކީޕަރުން: ބްރެޑް ގުޒަން (އެސްޓަން ވިލާ)، ޓިމް ހޮވާޑް (އެވަޓަން)، ނިކް ރިމާންޑޯ (ރެއާލް ސޯލްޓް ލޭކް)

ޑިފެންޑަރުން: ޑަމާކަސް ބީސްލޭ (ޕުއެބްލާ)، މެޓް ބެސްލާ (ސްޕޯޓިންގް ކެންސަސް ސިޓީ)، ޖޯން ބްރޫކްސް (ހާތާ ބާލިން)، ޖިއޮފް ކެމަރަން (ސްޓޯކް ސިޓީ)، ޓިމީ ޗެންޑްލާ (ނާންބާގް)، ބްރެޑް އިވާންސް (ސިއޭޓަލް ސައުންޑާސް)، އޮމަރު ގޮންޒާލޭޒް (އެލްއޭ ގެލެކްސީ)، ކްލެރަންސް ގުޑްސަން (ސެން ހޯސޭ އާތުކުއޭކްސް)، ފަބިއަން ޖޯންސަން (ހޮފެންހޭމް)، މައިކަލް ޕާކްހާސްޓް (ކޮލަމްބަސް ކްރޫ)، ޑިއެންޑްރޫ ޔެޑްލިން (ސިއޭޓަލް ސައުންޑާސް)

މިޑްފީލްޑަރުން: ކައިލް ބެކާމަން (ރެއާލް ސޯލްޓް ލޭކް)، އެލެޖެންޑްރޯ ބެޑޮޔާ (ނެންޓެސް)، މައިކަލް ބްރޭޑްލީ (ޓޮރޮންޓޯ އެފްސީ)، ޖޯ ކޮރޮނާ (ކްލަބު ޓިޖުއަނާ)، ބްރެޑް ޑޭވިސް (ހައުސްޓަން ޑައިނަމޯ)، މިކްސް ޑިސްކެރޫޑް (ރޮސެންބޯގް)، މައުރީސޭ އެޑޫ (ފިލަޑެލްފިއާ ޔޫނިއަން)، ޖޫލިއަން ގްރީން (ބަޔާން މިއުނިކް)، ޖާމެން ޖޯންސް (ބެސިކްޓާސް)، ގްރަހަމް ޒޫސި (ސްޕޯޓިންގް ކެންސަސް ސިޓީ)

ފޯވަޑުން: ޖޯޒީ އަލްޓިޑޯ (ސަންޑަލޭންޑް)، ޓެރެންސް ބޮއިޑް (ރެޕިޑް ވިއެނާ)، ކްލިންޓް ޑެމްޕްސީ (ސިއޭޓަލް ސައުންޑާސް)، ލެންޑަން ޑޮނަވަން (އެލްއޭ ގެލެކްސީ)، އޭރޮން ޖޮހަންސަން (އޭޒެޑް އަލްކްމާރް)، ކްރިސް ވޮންޑޮލޮވްސްކީ (ސެން ހޯސޭ އާތުކުއޭކްސް)