13 May 2014, 00:50
އަންނަ ޖޫން މަހު ބްރެޒިލްގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ފަޅިން ނުކުންނަ އިންގްލޭންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުން ތެރިންގެ ފައިނަލް ސްކޮޑް މިއަދު އިއުލާން ކޮށްފި އެވެ.
އިންގްލޭންޑުގެ ކޯޗު ރޯއީ ހޮޖްސަންގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕަށް ނިކުންނަ ޓީމުގައި ތިން ކީޕަރުންނާއި ހަތް ޑިފެންޑަރުންނާއި ނުވަ ޑިފެންޑަރުންގެ އިތުރުން ހަތަރު ފޯވާޑުން ވަނީ ހިމަނާފައެވެ. އަދި އެންމެ ގިނައިން ސްކޮޑަށް ކޯޗް ހޮޖްސަން ނަގާފައި ވަނީ ލިވަޕޫލްގެ ކުޅުންތެރިންނެވެ. އެގޮތުން ސްކޮޑުގައި ލިވަޕޫލްގެ ފަސް ކުޅުންތެރިއަކު ހިމެނެއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އިންގްލޭޑް ހިމެނޭ ފަޅީގައި ހިމެނޭ ޓީމް ތަކަކީ އުރުގުއޭ ކޮސްޓަރިކާ އަދި އިޓަލީއެވެ.
އިލްގްލޭންޑުގެ ސްކޮޑުގައި ހިމެނޭ ގޯލްކީޕަރުންނަކީ މެންޗެސްޓާ ސިޓީގެ ހާޓް އާއި ވެސްޓް ބްރޮމްގެ ބެން ފޮސްޓާ އަދި ސެލްޓިކް ފުޓްބޯލް ކުލަބުގެ ފަރަސާ ފޯސްޓާއެވެ.
ޑިފެންޑަރުންގެ ތެރޭގައި ހިމެނެނީ ލިވަޕޫލްގެ ޖޯންސަން އާއި އެވަޓަންގެ ޖެގިއެލްކާ އާއި ޗެލްސީގެ ކާހިލް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ސްމޯލިން އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯންސް އާއި އެވަޓަންގެ ބެނިއަސް އަދި ސައުތްހެޕްޓަންގެ ލޫކަޝޯ އެވެ.
މިޑްފީލްޑަރުިންގެ ތެރޭގައި ހިމެނެނީ ލިވަޕޫލްގެ ޖެރާޑްއާއި ޗެލްސީގެ ލަމްޕާޑް އާއި ލިވަޕޫލްގެ ހެންޑަސަން އާއި މެންޗެސްޓާ ސިޓީގެ މިލްނާ އާއި އާސިނަލްގެ ވިލްޝެއަ އާއި ސައުތުހެޕްޓަންގެ އެޑަމް ލަލަނާ އާއި ލިވަޕޫލްގެ ސްޓާލިން އާއި އާސެނަލްގެ އެލެކްސް އޮކްސްލޭޑް ޗެމްބާލައިން އަދި އެވަޓަންގެ ރޮސްބާކްލީ އެވެ.
ފޯވާޑުންގެ ތެރޭގައި ހިމެނެނީ މެންޗެސްޓާ ޔުނައިޓެޑްގެ ވޭން ރޫނީ އާއި ލިވަޕޫލްގެ ސްޓާރިޖް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ވެލެބެކް އަދި ސައުތްހެޕްޓަންގެ ލެމްބާޓް އެވެ.
އިނގިރޭސީން ވޯލްޑްކަޕް ހޯދިތާ 48 އަހަރު ފަހުން ތަށި އަލުން ކާމިޔާބު ކުރުމަށް ލީގުގަ ރަނގަޅު ކުޅުމެއް ދެއްކި ގިނަ ޒުވާން ކުޅުންތެރިންތަކެއް މިފަހަރު ގައުމީ ޓީމުގައި ހިމަނާފައިވެ އެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހޮގްސަން އެކުލަވާލި ސުޓޭންޑުބައި ސްކޮޑުގައި ހިމެނެ އެވެ.
ވޯލްޑްކަޕުގައި އިނގިރޭސީން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ 2006 ވަނަ އަހަރުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ މަހު 14 ގަ އެވެ.