12 May 2014, 20:40
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމަށް ގާނޫނީ ވަކީލް މަރްޔަމް ޝަމްޢާ އިސްމާޢީލް އައްޔަންކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންގެ ނިންމެވުމަކަށް މިދިޔަ ބުދަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މިދިޔަ މަހުގެ 29 ގަ އެވެ.
ޝަމްއަކީ ސުޕްރީމް ކޯޓުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު ކަމާއި ޑެޕިއުޓީ ލީގަލް އޮފިސަރު ކަމުގެ މަޤާމު އަދާ ކުރައްވާފަ އެވެ.