12 May 2014, 16:40
އަންނަ ޖޫން މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ފަޅިން ވާދަކުރާ އޭޝިޔާގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ޖަޕާނުން ނެރޭ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑް މިއަދު އިއުލާން ކޮށްފި އެވެ.
އިޓަލީގެ ކޯޗް އަލްބޭރުޓޯ ޖަކެރޯނީގެ އިރުޝާދުގެ ދަށުން ވޯލްކަޕަށް ޖަޕާނުން ނުކުންނަ 23 ކުޅުންތެރިންގެ ސްކޮޑުގައި ތިން ގޯލް ކީޕަރުންނާއި އަށް ޑިފެންޑަރުންނާއި އަށް ފޯވާޑުންގެ އިތުން ހަތަރު މިޑްފީލްޑަރުން ހިމަނާފައި ވެއެވެ.
މިއަދު އިއުލާން ކުރި ޖަޕާންގެ ފައިނަލް ސްކޮޑުގައި ޔޫރަޕުގެ މަޝްހޫރު ލީގުތަކުގައި ކުޅެމުން އަންނަ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ވަނީ ހިމަނާފައެވެ.
ޖަޕާންގެ ސްކޮޑުގައި ހިމެނޭ ތިން ކީޕަރުންނަކީ އެއިޖީ ކަވަޝިމާ އާއި ޝުސަކު ނިޝިކަވާ އަދި ސުއިޗީ ގޮންޑާ އެވެ.
ޖަޕާނުގެ ސްކޮޑުގައި ހިމެނުނު ޑިފެންޑަރުން ނަކީ މަސަހީކޯ އިނޯހާ އާއި ޔަސުޔުކީ ކޮންނޯ އާއި ޔުޓޯ ނަގަޓޯމާ އާއި މަސާޓޯ މޮރިށިގެ އާއި އަޓްސުޓޯ އުޗިޑާ އާއި މަޔާ ޔޮޝިދާ އާއި ހިރޯކީ ސަކައި އަދި ގޮޓޮކު ސަކައި އެވެ.
ޖަޕާނުގެ މިޑްފިލްޑަރުންގެ ސްކޮޑުގައި ހިމެނޭ ހަތަރު ކުޅުންތެރިންނަކީ ޔަސުހީޓޯ އެންޑޯ އާއި މަކޮޓޯ ހަސެބެ އާއި ޓޮޝިހިރޯ އައޮޔަމާ އަދި ހޮޓަރު ޔަމަގުޗި އެވެ.
ޖަޕާނު ޓީމުގައި ހިމެނޭ ފޯވާޑުން ނަކީ ކެއިސުކެ ހޮންޑާ އާއި ޔޮޝިޓޯ އޮކޫބޯ އާއި ޝިންޖީ އޮކަޒާކީ އާއި ޝިންޖީ ކަގާވާ އާއި ހިރޯޝި ކިޔޯޓަކެ އާއި ޔޮއިޗިރޯ ކަކިތަނީ އާއި މަނަބޫ ސައިޓޯ އަދި ޔޫޔޫ އޮސާކޯއަލެވެ.