މާފަންނުގައި ހުރި ގެއަކުން ތިން މޯބައިލް ފޯނު ވަގަށް ނަގައި ފިލަން ދުވި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:20 ހާއިރު ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފިލަން ދުވަނިކޮށް ފުލުހުން އޭނާ ހައްޔަރު ކުރި އިރު ވަގަށްނަގާފައިވާ ތިން ފޯނާއި އަތްދަބަހެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާ އަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުޏެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.