ކަނޑުއަޑީގައިވާ ތަރިކަތައް ރައްކާތެރިކުރުމުގައި ބައްޕާފުޅު ޕްރިންސް ޗާލްސް ފަދައިން ކުރިއަށް ވަޑައިގަންނަވަން އުއްމީދުކުރައްވާ ކަމަށް ޕްރިންސް ވިލިއަމް ވިދާޅުވެއްޖެ އެވެ.

ވިލިއަމް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގައި މުނިފޫހިފިލުވުމަށް ޑައިވްކުރުމުގެ ކަންތައްތައް ގައުމީ ފެންވަރުގައި ބަލަހައްޓަމުން އަންނަ ސަބް އަކުއާ ކްލަބްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމުން އެޖަމިއްޔާގެ ވެބްސައިޓްގައި ލިއުއްވާފައިވާ ލިއުމެއްގަ އެވެ.

"... އަންނަން އޮތް ޖީލުތަކަށް ޓަކައި އަގުހުރި ކަނޑުއަޑީގެ ތަރިކަތައް ރައްކާތެރިކޮށް ދަމަހައްޓަން، ކާފައާއި ބައްޕަ ފަދައިން ހިތްވަރާ އެކު މަސައްކަތް ކުރަން އަހަރެން އުއްމީދުކުރަން،" ޕްރިންސް ވިލިއަމް ވިދާޅުވެފައިވެ އެވެ.
ޕްރިންސް ވިލިއަމްގެ ބައްޕާފުޅާއި ކާފާފުޅު ވެސް ވަނީ އެކްލަބްގެ ރައީސްކަން ކުރިން ކުރައްވާފަ އެވެ.

ސަބް އަކުއާ ކްލަބާ ގުޅިވަޑައިގެން ޑައިވް ކުރައްވަން ދަސްކުރެއްވި ކަމަށެވެ. އަދި އެކްލަބްގެ ރައީސް ކަމަށް ވަޑައިގެންނެވުނީ އެހެންވެ ކަމަށެވެ. ލިއުއްވުމުގައި ވިލިއަމް ވިދާޅުވެފައި ވަނީ ތުއްޕުޅު ދަރިކަލުން ޕްރިންސް ޖޯޖް ވެސް ސްނޯކުލް ކުރައްވައި ޑައިވްކުރައްވައި ހައްދަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަދި ވިދާޅުވެފައި ވަނީ ޑައިމްކުރެއްވުމުން ލޯފުޅު ހުޅުއްވުނީ ހަމަ އެކަނި ކަނޑު އަޑީގެ މާހައުލަށް ނޫން ކަމަށެވެ. އޭގެ އިތުރުން އެތަންތަން ހިމާޔަތްކުރުމަށް އެޅިފައިވާ ޒިންމާތައް ވެސް އެނގިވަޑައިގެންނެވި ކަމަށެވެ.