12 May 2014, 10:21
މިހާރު ކުރިއަށްދާ ހަތަރު ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ އޯޕަން ސިންގަލްސް ފައިނަލުން ކުޅުންތެރިން ޖާގަ ކަށަވަރު ކުރި އިރު ފިރިހެން ސިންގަލްސް ކުއަޓާ ފައިލުންވެސް ކުޅުންތެރިން ވަނީ ޖާގަކަށަވަރު ކޮށްފި އެވެ.
އޯޕަން ސިންގަލްސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެމްބީސީގެ އިސްމާއިލް އަޒްމީން ބަލިކޮށް އެމްޕީއެލްގެ މުހައްމަދު މުންތަސިރެވެ. އޯޕަން ސިންގަލްސް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެމްޕީއެލްގެ އިބްރާހިމް ލިފާއު އާމިރާއި ބަލިކޮށް އެމްއޭސީއެލްގެ އަލީ ހަސަން އެވެ.
މުބާރުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ކަސްޓަމްސްގެ އިބަރާހިމް ރަޒީފް ބަލިކޮށް އެއޮފީހުގެ އަހްމަދު ނިޔާޒެވެ. ދެވަނަ ޖާގަ ކަށަވަރުކުރީ އެމްއޭސީއެލްގެ ނިޒާމް މުހައްމަދު ބަލިކޮށް އެމްޕީއެލްގެ އިބްރާހިމް ލިފާއު އާމިރެވެ. ތިންވަނަ ޖާގަކަށަވަރު ކުރީ އެމްޕީއެލްގެ އަލީ މުހައްމަދު މުންތަސިރު ބަލިކޮށް އެމްއޭސީއެލްގެ އަލީ ހަސަން އެވެ. މިއިވެންޓުގެ ހަތަރު ވަނަ ޖާގަ ކަށަވަރުކުރީ ކަސްޓަމްސްގެ އާދަމް ސޮލާހު ބަލިކޮށް އެލައިޑް އިންޝުއަރަންސްގެ މޫސާ ރަޝީދެވެ. ފަސްވަނަ ޖާގަކަށަވަރުކުރި އެޗްޑީސީގެ މޮކްލަސުރު ރަޙްމާން ބަލިކޮށް އެމްބީސީގެ އިސްމާއިލް އަޒްމީނެވެ. ހަވަނަ ޖާގަކަށަވަރުކުރީ އެމްޕީއެލްގެ ހަސަން އިޒްހާން ބަލިކޮށް ޔޫއެޗް ގުރޫޕްގެ އިސްމާއިލް ޝުޖާއު އެވެ. ކުއަޓާ ފައިނަލްގެ ހަތްވަނަ ޖާގަކަށަވަރުކުރީ އޮޑިޓް އޮފީހުގެ އައްވާމް މުހައްމަދު ބަލިކޮށް އެމްޕީއެލްގެ ސާލިމް އަދުނާނެވެ. ފަހުޖާގަ ކަށަވަރުކޮށްފައި ވަނީ އެމްބީސީގެ އިބްރާހިމް ޝުހެއިލް ބަލިކޮށް އެ އޮފިހުގެ މަހުދީ ފަރުޒާނެވެ.
ޖުމްލަ 18 އޮފީހަކުން 17 ފިރިހެން ޓީމަކާއި ނުވަ އަންހެން ޓީމެއް ވާދަކުރާ މިމުބާރާތުގައި ސިންގަލްސް އިވެންޓުތަކުގެ އިތުރުން ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓާއި ޓީމް އިވެންޓު ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.