ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަޤާމަށް، ގަލޮޅު އާސާނީ މުޙަންމަދު އަޝްމަލީ ރައީސުލްޖުމްހޫރިްޔާ ޢައްޔަނު ކުރައްވައިފި އެވެ.

މުޙަންމަދު އަޝްމަލީ އެ މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން އުފައްދަވާފައިވާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގަވާ އެންމެ އިސްވެރިއެއްގެ ގޮތުގަ އެވެ. މީގެ ކުރިން މުޙަންމަދު އަޝްމަލީ ހުންނެވީ، ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޯލޮޖީ ހިންގަވާ އެންމެ އިސް ވެރިއެއްގެ ގޮތުން، މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމުގެ މަގާމުގަ އެވެ.