ނުކުޅެދޭ ކުޑަ އަންހެން ކުއްޖަކު ޖިންސީ ޝިކާރަޔަކަށް ހެދި ކަމުގެ ތުހުމަތުގައި މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

މާލެ އަތޮޅު ރަށަކަށް ނިސްބަތްވާ އެ އަންހެން ކުއްޖާއަކީ ސުކޫލެއްގައި ކިޔަވަމުންދާ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާއަަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮންނަ 25 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވެސް ވަނީ އެ މީހާ ހައްޔަރުކޮށްފައިވާ ކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޖިންސީ ޝިކާރަޔަކަށް ވެފައިވާ އެ އަންހެން ކުއްޖާ މާލެ ގެނައީ ފުލުހުންގެ ހިމާޔަތުގަ އެވެ. މިއަދު އިރުއޮއްސުނު އިރު އެ ކުއްޖާ މާލެ ގެނައީ އާއިލާގެ މީހަކާ އެކުގަ އެވެ.

އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ މަސްވެރިކަމަށް ނުކުމެ އުޅުމަށް ފަހު މާލެ އައިތަނުންނެވެ.