ސްޕެނިސް ލީލިގުގައި މިރޭ ވަރަށް ފޯރިގަދަ މެޗްތަކެއް ކުޅޭނެއެވެ. އެގޮތުން މިރޭ ކުޅޫ އަށް މެޗުގެ ތެރެއިން އެންމެ ފޯރި ގަދަވާނެ ކަމަށް ބެލެވޭ ދެ މެޗަކީ ލީގު އެއްވަނައިގައިވާ އެތުލެޓިކޯ އަމިއްލަ ދަނޑުގައި މަލާގާ އާއި ދެކޮޅަށް ނިކުންނަ މެޗާއި ލީގުގެ ދެވަނައިގައިވާ ބާސެލޯނާ ރަށުން ބޭރުގައި އެލްޗޭ އާއި ދެކޮޅަށް ނިކުންނަ މެޗެވެ.

ސްޕެނިޝް ލީގު ހޯދުމަށް ކުރާ މަސައްކަތުގައި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް މުހިއްމު މެޗުތަކަކަށް މިރޭ ނިކުންނައިރު، ލީގުގެ އެއް ވަނަ މަގާމް ގައި އެތުލެޓިކޯ އޮތީ 88 ޕޮއިންޓާއެކުއެވެ. ދެ ވަނަ މަގާމްގައި ބާސާ އޮތީ 85 ޕޮއިންޓާއެކުއެވެ. އަދި ލީގުތިން ވަނަ މަގާމްގައި 84 ޕޮއިންޓާއެކު އޮތީ ރަށުން ބޭރުގައި މިރޭ ސެލްޓާ ވިގޯއާއި ދެކޮޅަށް ނިކުންނަ ރެއާލް މެޑްރިޑެވެ. މިތިން މެޗުވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިރޭ 10:00 ގައި އެވެ.

ލީގުގެ އެންމެ ކުރީގައި އުލޭ ތިން ޓީމްވެސް މިރޭގެ މެޗްތަކަށް ނިކުނައިރު، ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިފައިވާ ޓީމަކީ ރިއާލްއެވެ. ރިއާލްއަށް އެފުރުޞަތު ގެއްލިފަިއ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ވަލަޑޮލިޑް އާއި ވާދަކޮށް 1-1 ލަނޑުން މެޗް ރެއާލް އެއްވަރުވުމުން ނެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، އަނިޔާގެ ސަބަމުން މިރޭގެ މެޗުގައި މުހިންމު ތިން ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށާއި އެކުޅުންތެރިންނަކީ ޕެޕޭ އާއި ކްރިސްޓިއާނޯ އަދި ޑި މާރިއާ އެވެ. އެހެން ކަމުން އެތިން ކުލޫންތެރިން ނެތްތަން މިރޭގެ މެޗްގައި ދައްކާނެ ކަމަށް ވެސް ކޯޗް އަންޗެލޮތީ ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ހުސްވި ހަފްތާގައި ލީގުގެ އެއްވަނައިގައިވާ އެތުލެޓިކޯ ރަށުން ބޭރުގައި ކުޅުނު މެޗުން ލެވަންޓޭ އަތުން 2-0 ލަނޑުން ބަލިވުމުން ލީގުގެ ދެވަނައިގައިވާ ބާސެލޯނާ އަށް އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ބާރު ލިބިފައިވާ ކަމަށެވ

ލީގުގެ އެންމެ ފަހު މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ރާއްޖެ ގަޑިން 9:00 ގައި މިވަގުތު ލީގުގެ އެއްވަނައިގައިވާ އެތުލެޓިކޯ އާއި އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅެން ޖެހުމުން ބާސާއަށް އެ މެޗު ކާމިޔާބު ކުރެވިއްޖެނަމަ ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބޭނެއެވެ.