11 May 2014, 13:59
ހިލަބަސްތާތަކެއްގެ ނިވަލަށް ވަދެ ފިލާ އޮތް "ވަގަކު" ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:10 ހާއިރު ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މީހެއް ކަމަށެވެ.
ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑް އޮންނަ އެމީހާ ހައްޔަރުކޮށްފައި ވަނީ ގަލޮޅު އަވަށުގައި ހުންނަ ގެއެއްގެ އޭސީ އައުޓްޑޯ ޔުނިޓަކުން ލޯނަރުތަށް ވަގަށް ނެގުމަށް ފަހު އެސަރަޙައްދުގައި ހަދަމުންދާ އިމާރާތެއްގައި ހުރި ހިލަ ބަސްތާ ތަކެއްގެ ނިވަލަށް ވަދެ ފިލާ އޮއްވައި ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ފިލަން މަސައްކަތް ކޮށްފައި ވަނީ ވަގަށް ނަގާފައިވާ ލޯނަރުތައް އަޅާފައިވާ ގޯންޏާއި އެތަކެތި ވަގަށް ނެގުމަށް ބޭނުންކުރި އާލާތްތައް މަގުމައްޗަށް ދޫކޮށްލުމަށް ފަހުގަ ކަމަށް ވެސް ފުލުހުން ބުންޏެވެ.