29 Dec 2010, 11:38
ވިލިމާލޭ ފަޅުތެރޭގައި އޮތް ދޯންޏެއްގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓަން އުޅެނިކޮށް، ބުރަފަތީގައި ޖެހި ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި ބަނޑާއި ނިއްކުރި އާއި ފައިތިލައަށް އެކިވަރުގެ އަނިޔާވެފައި ވަނީ ލ. ގަމު ޑެއިޒާމާގޭ، އަޙުމަދު ޤާދިރު، 22، ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އޭނާ ޒަހަމުވީ ބުރަފަތީގައި އޮޅުނު ވާ ނެއްޓުމަށްޓަކައި މަސައްކަތްކުރަނިކޮށް ކަމަށް ދޯނީގެ ކެޕްޓަން ބުނާ ކަމަށެވެ.
އޭނާ އަށް މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.