11 May 2014, 10:58
ކޮރަޕްޝަންގެ ކަންކަމަށް މީހުން ހޭލުންތެރި ކުރުވައި ކޮރަޕްޝަން ހުއްޓުވުމުގެ ބޭނުމުގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވޯކްޝޮޕެއް ފަށައިފި އެވެ.
އަތޮޅުތަކުގައި ކުރިޔަށް ގެންދަން ނިންމާފައިވާ އެ ޕްރޮގްރާމްގެ ތަމްރީނު ދޭ ފަރާތްތަށް ތަމްރީނުކުރުމަށް މިއަދު އޭސީސީން ވަނީ ވޯކްޝޮޕެއް ފަށާފަ އެވެ.
އެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ހަސަން ލުޠުފީ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވަން އޭސީސީގެ މެންބަރުންގެ އިތުރުން އާންމު ފަރާތްތަކުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ހޭލުންތެރި ކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގަން ޖެހޭ ކަމަށެވެ.
އެގޮތުން އެފަދަ ޕްރޮގްރާމް ތަކުގެ އިތުރުން އެހެނިހެން ޕްރޮގްރާމްތަށް ވެސް ހިންގަން ޖެހޭ ކަމަށާއި ސަރުކާރުގެ މުއައްޒަފުންގެ ފަރާތުން ވެސް އެކަމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް ލުޠުފީ ވިދާޅުވި އެވެ.
އަތޮޅުތަކުގައި ހިންގަން ނިންމާފައިވާ އެ ޕްރޮގްރާމްގެ ތަމްރީނުދޭ ފަރާތްތަށް ތަމްރީނުކުރުމަށް މިއަދު ފެށި ވޯކްޝޮޕް ތިންދުވަހުގެ މުއްދަތަކަށް ކުރިޔަށް ދާނެ އެވެ.