29 Dec 2010, 10:56
އެއާޕޯޓްސް ކޮމްޕެނީގެ އިސް މުވައްޒަފުންތަކެއް ބޮޑެތި ހަރަދުތަކެއްކޮށް ރާއްޖޭން ބޭރަށް ދަތުރުތަކެއް ކުރި ކަމަށް ބުނާ މައްސަލައިގައި ހިޔާނާތަށް މަގުފަހިވާ އެއްވެސް ކަމެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އިސް ވެރިންތަކެއް ބޮޑެތި ހަރަދުތަކެއްކޮށް ބޭކާރު ދަތުރުތަކެއް ރާއްޖޭން ބޭރަށް ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އޭސީސީއަށް ހުށަހެޅުމުން އެ މައްސަލަ ބައްލަވާފައިވާ ކަމަށެވެ.
"... މައްސަލަ މި ކޮމިޝަނުން ބެލިބެލުމުގައި މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ދަތުރުތަކަކީ ކުންފުނީގެ ބޭނުމަށް ކޮށްފައިވާ ދަތުރުތަކެއްކަން ފާހަގަކުރެވިފައި ވާތީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިނގާފައިވާ ކަމަކަށް ނުބެލެވެ އެވެ،" އޭސީސީން ނެރުނު ކުރު ރިޕޯޓެއްގައި ބުނެފައިވެ އެވެ.