ބްރާވިއާ އައިޑިއާސް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މޮޅުވެއްޖެ އެވެ.

މިއަދު ހަވީރު 4:00 ގައި ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ހއ. ދިއްދޫ އެލްއެލް ސްޕޯޓްސް އަތުން އެމްއާރުޑީސީ މޮޅުވީ 9-3 ލަނޑުންނެވެ. މެޗުގައި އެމްއާރުޑީސީގެ އިސްމާއިލް އީސާ (މެސީ) ތިން ލަނޑު ކާމިޔާބުކުރި އިރު، އަލީ މަލާޝް ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފަ އެވެ. އެމްއާރުޑީސީގެ ބާކީ ދެ ލަނޑު ކާމިޔާބުކުރީ އަލީ އަރުޝަދު އާއި އަލީ މަލާޝް އެވެ.

އެލްއެލް ސްޕޯޓްސްގެ އިބްރާހިމް މަހުދީ ހުސައިން ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްއާރުޑީސީ އަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން ޖާޒީ ނަންބަރު ހައެއް އަހްމަދު ވިޝާލް އެވެ.

މިއަދު ހަވީރު 5:00 ގައި ބައްދަލުކުރީ އެމްއެމްއޭ އާއި އޮމަދޫ އެވެ. އޮމަދޫ އަތުން ފަހަތުން އަރައި 3-2 ލަނޑުން މެޗު ކާމިޔާބުކުރީ އެމްއެމްއޭ އެވެ. ފުރަތަމަ ހާފުގައި ހަސަން ޝާމިލް އާއި އަހްމަދު ޝާހިިދު އޮމަދޫ އަށް ލީޑު ނަގައިދިން ނަމަވެސް، ދެވަނަ އެ ޓީމު ބަލިވީ ފަހު ހާފުގައި އެމްއެމްއޭ އަށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ރިޒާ ކާމިޔާބުކޮށްދިން ހެޓްރިކުންނެވެ.

ބްރާވިއާ އައިޑިއާސް ކަޕް 2014 ގެ މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ. އެލައިޑް އިންޝުއަރެންސް އިން ކޯ ސްޕޮންސަރު ކޮށްފައިވާ މި މުބާރާތުގެ ޕްރިންޓިންގް ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.