ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން (އެންބީސީ)ގެވެބްސައިޓްހެކްކޮށްފި އެވެ.

އެންބީސީގެ ވެބްސައިޓް ހެކް ކުރުމަށްފަހު، ވެބްސައިޓްގެ ވާތްފަރާތު މަތީ ކަނަށް އަރުވާފައިވާ ފޮޓޯއެއްގައި ލިޔެފައިވަނީ، "އަހަރެމެންނަށް ކަލޭމެން ފެނޭ. އެކަމަކު ކަލޭމެނަށް އަހަރެމެން ނުފެންނާނެ. އަހަރަމެންނަކީ އެންމެން އަދި އަހަރެމެން މިވަނީ ހުރިހާ ދިމާއެއްގައި،" މިހެންނެވެ.

އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ އެ އެންބީސީގެ ވެބްސައިޓޮ ހެކްކުރުމަށް ފަހު، އެކަން ކުރިކަމުގެ ޒިންމާ ނަގާފައިވާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ އެނޮނިމަސްގެ "ރާއްޖޭގެ ގޮފި" (އެނޮނިމަސް މޯލްޑިވްސް) އިން އެ ވެބްސައިޓްގައި ލިޔެފައިވަނީ މިއީ ތިމަންނަ މެންގެ ތަނެއް ކަމަށާއި، ތިމަންނާމެން ވުޖޫދުވެފައި މިތިބީ، ހަމުގެ ކުލައަށް ނުވަތަ ވަކި ގައުމަކަށް ނިސްބަތްވެގެން ނޫން ކަމަށެވެ.

އެނޮނިމަސް މޯލްޑިވްސްއިން ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ހުންނަ ދިވެހިރާއްޖޭގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ރަސްމީ ވެބްސައިޓް ވެސް ހެކްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ވެބްސައިޓްވެސް ވަނީ ގޮތް ނޭނގޭ ބަޔަކު ހެކްކޮށްފަ އެވެ.

އެންބީސީގެ ވެބްސައިޓް ހެކްކުރިކަން ފާހަގަކުރެވުނުތާ ދެ ދުވަސްވީ އިރު އަދިވެސް އެ ވެބްސައިޓް ރަނގަޅުކުރަން މަސައްކަތެއް ކުރިކަން އެނގިފައެއް ނުވެއެވެ. ސަން އިން އެންބީސީއަށް ގުޅުމުން އެތަނުން ފޯނަށް ޖަވާބު ނުލިބޭތީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.