10 May 2014, 15:51
އަންނަ މަހު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަކުރާ މެކްސިކޯގެ ފައިނަލް 23 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކޮށްފިއެވެ.
ގްރޫޕް އޭ ފަޅިން މެކްސިކޯއާއެކު ދެން ވާދަކުރާ ގައުމު ތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލް އާއި ކެމަރުން އަދި ކްރޮއޭޝިއާ އެވ.
މެކްސިކޯގެ ކޯޗު އަންދްރޭ ހެރޭރާ ނެގި 23 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނެނީ ތިން ގޯލްކީޕަރުންނާއި އަށް ޑިފެންޑަރުންނާއި ހަތް މިޑްފީލްޑަރުން އަދި ފަސް ފޯވާޑުންނެވެ.
ތަޖުރިބާކާރު ކުޅުންތެރިއާ ކާލޯސް ސަލްސިޑޯ ޓީމުން މިފަހަރު ބާކީކޮށްފައިވާއިރު، މިފަހަރުގެ ސްކޮޑްގައި މެކްސިކޯ ޓީމުގައި ހިމެނޭ އެންމެ މުހިމު ދެ ކުޅުން ތެރިންނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ހާވިއޭ ހާނަންޑޭޒް އާއި ވިޔަރެއާލްއަށް ކުޅެމުންދާ ޖިއޮވާނީ ޑޮސް ސަންޓޮސް އެވެ.
މެކްސިކޯ ޓީމުގެ ތިން ގޯލްކީޕަރުންނަކީ، ގައިލާމޯ އާއި އަލްފެރެޑޯ އަދި މޮއިސަސް އެވެ.
ޑިފެންޑަރުންނަކީ، ރަފައެލް، ޑިއޭގޯ، މޯނޯ، ޕޯލް، ލޭއުން، ކާލޯސް، ފްރެންސިސްކޯ ރޮޑްރިގޭޒް، މިގުއެލް ލަޔުންއެވެ.
މިޑްފީލްޑަރުންގެ ތެރޭގައި ހިމެނެނީ، ހޯސޭ ހުއާން ވަޒްކޭޒް، ހުއާން ކާލޯސް، ހެކްޓާ ހެރޭރާ، ކާލޯސް ޕީނާ، ލުއިސް މޮންޓޯސް، މާކޯ ފެބިއަން، އިއްސާގް ބްރިޒުއޭލާ އެވެ.
މެކްސިކޯ ޓީމުގެ ފޯވާޑުންނަކީ، ހާވިއޭ ހާނަންޑޭޒް، ރޮރިބޭ ޕެރާލްޓާ، ރައުލް ޖިމްނޭޒް، އަލަން ޕުލްޑޯ އަދި ޖިވަނި ޑޯސް ސަންޓޯސް އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 13 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ޖަހާއިރު މެކްސިކޯ ނިކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ.