10 May 2014, 12:58
ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަން އިން އިންތިޒާމް ކޮށްގެން ބާއްވާ އެޗްއޭއެފް އައިލެންޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 32 ޓީމް ބައިވެރިވެއްޖެއެވެ.
ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަނުން ބުނީ، މިމުބާރާތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެއް ކަމަށާއި އެގޮތުން މުބާރާތުގައި ހަތަރު އަތޮޅެއް ފިޔަވައި ދެންހުރި ހުރިހާ އަތޮޅަކުން ޖުމްލަ 32 ޓީމް ބައިވެރިވެފައިވާ ކަަމަށެވެ. އަދި މިމުބާރާތަކީ ރާއްޖޭގެ އަތޮޅު ތަކުގެ ރައްޔިތުންނަށް މިގޮތައް ބާއްވާ ފުރަތަމަ މުބާރާތް ކަަމަށް ވެސް އެޖަމްއިޔާއިން މައުލޫމާތު ދެއެވެ.
ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަނުން ބުނީ، މިމަހުގެ 14 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ، މުބާރާތުގައި ބައިވެރިވި 32 ޓީމް އަށް ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. ޖުމްލަ 60 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތު ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު މިނީ ފުޓްސަލް ދަނޑުގައެވެ.
މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަކުރަނީ ފ. ދަރަނބޫދޫ އާއި ހދ. ނޭކުރެންދޫ އާއި ދ. ކުޑަހުވަދޫ އަދި ކ.ހިއްމަފުށި އެވެ.
ގްރޫޕް ބީގައި ވާދަކުރަނީ، އއ. މަތިވެރި އާއި ބ. އޭދަފުށި އާއި ގއ. ކަނޑުހުޅުދޫ އަދި ތ. ތިމަރަފުއްޓެވެ.
ގްރޫޕް ސީގައި ވާދަކުރަނީ، ހދ. ނާވައިދޫ އާއި ކ. ތުލުސްދޫ އާއި ރ. މަޑޫވަރި އަދި ތ.ކިނބިދޫ އެވެ.
ގްރޫޕް ޑީގައި ވާދަކުރަނީ، ތ.ވި؛ުފުށި އާއި ލ.ގަން އާއި ގދ. ވާދޫ އަދި ހދ. ކުޅުދުއްފުށި އެވެ.
ގްރޫޕް އީގައި ވާދަކުރަނީ މ.ކޮޅުފުށި އާއި ހދ.ނޮޅިވަރަމްފަރު އާއި ރ.އިނގުރާދޫ އަދި ޏ.ފުވައްމުލަކެވެ.
ގްރޫޕް އެފް ގައި ވާދަކުރަނީ ބ. ހިތާދޫ އާއި ފ.ބިލެއްދޫ އާއި އައްޑޫހުޅުދޫ އަދި ރ.މީދޫއެވެ.
ގްރޫޕް ޖީގައި ވާދަކުރަނީ ފ.ނިލަންދޫ އާއި ގދ.ތިނަދޫ އާއި ކ.ގާފަރު އަދި ނ.ހެނބަދޫއެވެ.
ގްރޫޕް އެޗް ގައި ވާދަކުރަނީ ރ. ހުޅުދުއްފާރާއި ރ. ރަސްމާދޫ އާއި ރ. ދުވާފަރު އަދި ހއ.ތަކަންދޫ އެވެ.
ދިރާގާއި އެސްޓިއޯގެ އެއީތެރިކަމާއެކު، ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބާއްވާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.