ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ ފަން އައިލެޑް ރިސޯޓް އެންޑް ސްޕާގައި ފުރަތަމަ ފަހަރަށް ބީޗް ހޭންޑްބޯލް ތާއާރަފް ކޮށްފިއެވެ.

ހޭންޑް ބޯލް މޯލްޑިވްސް އިން ބުނީ، ބީޗް ހޭންޑް ބޯލް ކުޅިވަރަކީ ރިސޯޓްތަކުގައި ވަރަށް ފަސޭހައިން ކުޅެވޭ، ވަރަށް މަޖާ ކުޅިވަރެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެހެން ރިސޯޓްތަކުގައި ވެސް މިކުޅިވަރު ތާރަފްކުރުމަށް އެ އެސޯސިއޭޝަނުން ނިންމާފައި ވާކަމަށެވެ.

ފަން އައިލެންޑް ރިސޯޓުގައި ބީޗް ހޭންޑްބޯލް ތައާރަފް ކުރުމަށްފަހު، މިހާރު އެރިސޯޓުގައި ކުރިއަށް ދަނީ ޓްރޭނިސް ސެސަންތަކެއް ކަމަށާއި އެ ޓްރޭނިންގައި ރިސޯޓުގެ 25 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އެރިސޯޓުން މައުލޫމާތު ދެއެވެ.

ބީޗް ހޭންޑްބޯލް ފުރަތަމަ ފަހަރަށް ފަން އައިލެންޑް ރިސޯޓުގައި ތާއާރަފް ކުރުމަށް އިއްޔެ އެރިސޯޓުގައި އޮތް ރަސްމިއްޔާތުގައި ރިސޯޓުގެ މެނޭޖަރު އަބްދުﷲ ޒަމީރު އާއި ހޭންޑުބޯލް މޯލްޑިވިސްގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުޖްތަބާ އަދި އެ އެސޯސިއޭޝަން ގެ ދެ އިންސްޓްރަކްޓަރުން ވަނީ ބައިވެރިވެފަ އެވެ.