10 May 2014, 11:35
ގދ. ގައްދޫ ފިހާރައެއް ފަޅާލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ "ވާރިޔާ ސްޓޯރ" ނަމަކަށް ކިޔާ ފިހާރަ ފަޅާލާފައިވަނީ ރޭ ފަތިހު 5:45 ހާއިރު ކަމަށެވެ.
އެ ފިހާރަ އަށް ވަގުން ވަދެ ލައްކައަކަށް ވުރެ ގިނަ ރުފިޔާ އާއި ސިނގިރޭޓާއި އެހެނިހެން ތަކެތި ވަގަށް ގެންގޮސްފައިވާ ކަމަށް ފިހާރައިގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ވައްކަން ކޮށްފައިވަނީ ފިހާރައިގެ މައިދޮރުގެ ބިއްލޫރި ގަނޑު ތަޅާލައިގެން ވަދެ އެވެ.
ގައްދޫ ޕޮލިސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.